ރީޖަނަލް އެއާޕޯޓްސް

ފުނަދޫ އެއާޕޯޓަށް ހޮނިހިރު ދުވަހު ދަތުރުތައް އަލުން ފަށަނީ

ށ. ފުނަދޫ އެއާޕޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކުރުމަށްފަހު އަންނަ ހޮނިހިރު ދުވަހު ދަތުރުތައް އަލުން ފެށުމަށް ނިންމައިފި އެވެ.

ގައުމީ އެއާލައިން - މޯލްޑިވިއަނުން މިއަދު ބުނީ ފުނަދޫ އެއާޕޯޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ ރަށަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

ރީނަޖަނަލް އެއާޕޯޓްސް ކުންފުނިން ބުނީ ދަތުރުތައް މެދުކަނޑާލަން ޖެހުނީ އެއާޕޯޓުގައި އޮންނަ ފަޔާ ޓްރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ރީޖަނަލް އެއާޕޯޓްސް ކުންފުނިން ދީފައެއް ނުވެ އެވެ.

ފްނަދޫ އެއާޕޯޓަށް ދަތުރުތައް އަލުން ފެށުމަށް ނިންމާފައިވާތީ މިހާރު ޓިކެޓް ބުކް ކުރެވޭނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

ފުނަދޫ އެއާޕޯޓު ހިންގަނީ ރީޖަނަލް އެއާޕޯޓްސް ކުންފުނިންނެވެ. ފުނަދޫއަށް ދަތުރުކުރަނީވެސް މޯލްޑިވިއަން އިން އެކަންޏެވެ. އެގޮތުން ފުނަދޫއަށް މޯލްޑިވިއަނުން ހަފްތާއަކު ތިން ފްލައިޓް ބާއްވަ އެވެ.