އާޖެންޓީނާ

ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާއާއި ވެނެޒުއޭލާ އެއްވަރުވެއްޖެ

އާޖެންޓީނާ އާއި ވެނެޒުއޭލާ ކުޅުނު މެޗުގެ ތެރެއިިން އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ
0%
0%
0%

ދެކުނު އެމެރިކާ ބައްރުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ވެނެޒުއޭލާ ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށްފަހު، ކެޕްޓަން ލިއޮނެލް މެސީ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގެ 13 ވަނަ މިނެޓުގައި އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީ ވަނީ ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.

އާޖެންޓީނާ އިން ގިނައިރު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ވަނީ ވެނެޒުއޭލާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ދީފަ އެވެ.

މެޗުގެ ފުރަތަމަ ބައިގައި އިތުރު ލަނޑެއް ނުޖެހުނު ނަމަވެސް ވެނެޒުއޭލާއިން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދާފަ އެވެ.

އާޖެންޓީނާގެ އެއްވަނަ ގޯލްކީޕަރު މާޓިނޭޒް ސަސްޕެންޑް ވެފައިވާތީ މި މެޗުގައި ގޯލު ބަލަހައްޓާފައިވަނީ ޖެރޮނީމޯ ރުލީ އެވެ.

މި މެޗުގެ ނަތީޖާ ވެނެޒުއޭލާއިން އެއްވަރުކޮށްފައިވަނީ މެޗުގެ 65 ވަނަ މިނިޓުގައި ސަލޮމޮން ރޮންޑޮން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ދެކުނު އެމެރިކާގެ ކޮލިފައިންގެ އެއްވަނަ މަގާމުގައި ކުޅުނު 9 މެޗުން 19 ޕޮއިންޓާއެކު އޮތީ އާޖެންޓީނާ އެވެ. ދެވަނައިގައި އޮތް ކޮލަމްބިއާއަށް 9 މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު ވެނެޒުއޭލާއަށް 9 މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކު އޮތީ 7 ވަނައިގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345