ރައްޔިތުންގެ މަޖިލިސް

އެސްއީޒެޑް އޮފީސް މިނިސްޓްރީ ދަށަށް ގެންގޮސް އިމިގްރޭޝަންގެ ނަން ބަދަލުކުރުން ކޮމެޓީއަށް

އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތައް އައި ބަދަލާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ އެންޑް އިމިގްރޭޝަންގެ ނަން ބަދަލު ކުރުމާއި ގުޅޭ މައްސަލަ ދިރާސާ ކުރުމަށް ސަރުކާރުގެ މައްސޫލިއްޔަތު ބަލައި ކޮމިޓީއަށް ފޮނުވައިފި އެވެ.

މިމައްސަލައާ މެދު ގޮތެއް ނިންމުމަށް ރައްޔތިުންގެ މަޖިލީހަށް މިއަދު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފޮނުވި ސިޓީ ފުޅުގައި ބުނެފައި ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ އޮފީސް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިނގައި ގޮތައް ހަމޖެއްސުމަށާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ނަން "މޯލްޑިވްސް އިމިގްރޭޝަން އަށް ބަދަލު ކުރުމަށެވެ. އަދި އެ ސިޓީގައި އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކަށް އައި ބަދަލުތަކުގެ ލިސްޓުވެސް ފޮނުވާފައިވާ ކަމަށް ރައީސް ވިދާޅުވެއެވެ.

އެހެން ކަމުން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މައްސޫލިއްޔަތު ބަލައި ކޮމިޓީއަށް ފޮނުވަން ނިންމެވި އެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު ރައީސް ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ނަމުގައި އިދާރާއެއް އުފެއްދަވާފަ އެވެ. އެއިދާރާގެ އުފެއްދީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ ބޯޑް އޮފް އިންވެސްޓްމަންޓާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވުމަށެވެ.