ދުނިޔެ

އިޒުރޭލުގެ އަމުރަށް އދގެ ސުލްހަ ބަލަހައްޓާ ފައުޖު ބޯޑަރު ދޫކޮށް ނުދާނެ

އިޒުރޭލު، ލުބްނާން ބޯޑަރުގައި ހަރަކާތްތެރިވާ އދގެ ސުލްހަ ބަލަހައްޓާ ފައުޖު -- ޔުނައިޓެޑް ނޭޝަންންސް އިންޓެރިމް ފޯސް އިން މުބްނާން -- އެ ސަރަހައްދު ދޫކޮށް ނުދާނެ ކަމަށް ތަރުޖަމާން އެންޑްރޭ ޓާންޓީ ވިދާޅުވެއްޖެ އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި އދގެ ފައުޖު ހަރަކާތްތެރިވަނީ ހަނގުރާމައިގެ މައިދާނެއްގައެއް ނޫނެވެ. އަދި އެއީ ހަނގުރާމަވެރިންގެ ޖަމާއަތަކަ ބައިއަތުހިފައިގެން ހަރަކާތްތެރިވާ ފައުޖެއް ނޫނެވެ.

އިޒުރޭލުގެ އަމުރުގައި ވަނީ އދގެ ފައުޖުތައް މިހާރު ތިބި ސަރައްދުން ފަސް ކިލޯމީޓަރު ދުރަށް ދިއުމަށެވެ. އިޒުރޭލުގެ ބޭނުމަކީ އެ މަގުން ލުބްނާނަށް ހަނގުރާމަވެރިން އަރުގައި، އަސްކަރީ މަރުކަޒެއް ބިނާކުރުމެވެ.

އދގެ ފައުޖުތައް މިހާރު ތިބި ހިސާބުގައި ތިބެއްޖެ ނަމަ، އިޒުރޭލުގެ ހަމަލާއެއް އަމާޒުވެ ސުލްހަ ބަލަހައްޓާ ފައުމުގެ މެމްބަރަކަށް އަނިޔާވެދާނެ ކަމަށް ވެސް އިޒުރޭލުގެ ދިފާއީ ބާރުތަކުން ބުންޏެވެ.

ތަރުޖަމާންއާ ހަވާލާދީފައި ހުރި ޚަބަރުތައް ބުނާ ގޮތުން އިޒުރޭލުގެ އަމުރަށް ކިޔަމަން ނުވުމުން ވަފުދުގެ ބައެއް މެމްބަރުނަށް ހަމަލާދީ ވަނީ ޒަހަމްކޮށްލާފަ އެވެ.

އދގެ ތަރުޖަމާން ވިދާޅުވި ގޮތުގައި ސުލްހަ ބަލަހައްޓާ ފައުޖުތައް އެތަނުގައި ތިބީ އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްގެންނެވެ. މިހެން ކަން އޮތުމުން އެ ސަރަހައްދު ދޫކޮށް ފޭބުމަށް އިޒުރޭލަށް އަދި ލުބްނާންއަށް ވެސް ނޭނގޭނެ ކަަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ތަރުޖަމާން އަދި ވިދާޅުވީ ސުލްހަ ބަލަހައްޓާ ބާރުތައް ދެ ގައުމު ގުޅޭ ބޯޑަރުގައި ހަރަކާތްތެރި ވަނީ ވަކި ގައުމަކަށް ޖާސޫސްކޮށްދޭން ނޫން ކަމަށެވެ. އެ މީހުން ކުރަނީ ބައިނަލްއަގްވާމީ މުއާހަދާއަކަށް އެއްބާލުން ދިނުމުގެ މަސައްކަތްތަކެއް ކަމަށް ވެސް ބުންޏެވެ.

އިޒުރޭލުން ލުބްނާނަށް ދެމުންދާ ހަމަލާތަކުގައި، ހަނގުރާމައާ ގުޅުން ނެތް އެތައް ބަޔަކު ވަނީ އެ މީހުންގެ ވަޒަނުން ބޭރުކޮށްފަ އެވެ. އަދި އިޒުރޭލުގެ އިންޒާރާ ގުޅިގެން އަމިއްލަ ވަޒަން ދޫކޮށް އެތައް ބަޔަކު ވަނީ ދުރު ސަރަހައްދުތަަކަށް ދަތުރުކޮށްފަ އެވެ.

އިޒުރޭލުގެ އަސްކަރިއްޔާއިން މިދިއަ އަހަރު ފަލަސްތީންގެ ޣައްޒާއަށް ދިން ހަަމަލާ ފުޅާވެ މިހާރު އޮތީ ލުބްނާނަށް ފޯރާފަ އެވެ. އަދި މި ހަނގުރާމަ އީރާނަށް ފުޅާވެދާނެ ކަމުގެ ބިރުވެސް އެބަ އޮތެވެ.

އީރާން އަކީ އަސްކަރީ ގޮތުން އެމެރިކާ އަށާއި އިޒުރޭލަށް ވަރުގަދަ ޕްރެޝަރެއް ދެވިދާނެ ގައުމެކެވެ. މިހެން ކަމުން އީރާން މައިތިރިކޮށް ސައިޒަށް ކުޑަކުރުމަކީ އެމެރިކާ އަށާއި އިޒުރޭލަށް ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ.