ޔޫއެފާ ނޭޝަން ލީގް

މޮޅަށް ކުޅެ ޕޯޗުގަލް އިން ޕޮލެންޑް ބަލިކޮށްފި

ޕޯޗުގަލް އާއި ޕޮލެންޑް ރޭ ކުޅުނު މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގޯލު ޖެހުމަށްފަހު އުފާކުރަނީ
100%
0%
0%

ޔުއެފާ ނޭޝަންސް ލީގުގައި މުބާރާތު ގްރޫޕް ސްޓޭޖު މެޗުގައި ޕޯޗުގަލް އިން ވަނީ 3-1 ގެ ނަތީޖާ އަކުން ޕޮލެންޑް ބަލިކޮށްފަ އެވެ.

ޕޮލެންޑްގައި ކުޅުނު މި މެޗުގައި ޕޯޗުގަލްގެ ފުރަތަމަ ލަނޑު ޖެހީ 26 ވަނަ މިނެޓުގައި ބާނާޑޯ ސިލްވާ އެވެ.

ދެވަނަ ލަނޑު 37 ވަނަ މިނެޓުގައި ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ރޮނާލްޑޯ ޕޯޗުގަލް އަށް ޖެހި 133 ވަނަ ލަނޑެވެ. މިއާއެކު އޭނާގެ މުޅި ކެރިއަރުގައި ގައުމީ ޓީމާއި ކްލަބްތަކަށް ޖަހާފައިވާ ލަނޑުގެ އަދަދު މިހާރު ވަނީ 906 އަށް އަރާފަ އެވެ.

ޕޮލެންޑްގެ ހަމައެކަނި ލަނޑު 78 ވަނަ މިނެޓުގައި ޖެހީ ޒެލެންސްކީ އެވެ. ޕޯޗުގަލްގެ ތިންވަނަ ލަނޑަކީ މެޗު ނިމުމާ ކައިރިވެފައި ވަނިކޮށް ޕޮލެންޑްގެ ކުޅުންތެރިޔަކު ބައިކޮޅަށް ޖެހި ގޯލެކެވެ.

މި މޮޅާއެކު، ޕޯޗުގަލް ވަނީ ގްރޫޕް އެކެއްގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، 9 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދާފަ އެވެ. ދެން އެ ޓީމު ކުޅޭނީ އަންނަ އަންގާރަ ދުވަހު ސްކޮޓްލޭންޑާ ދެކޮޅަށެވެ.

ހަމަ މި ގްރޫޕްގައި ހިމެނޭ ކްރޮއޭޝިއާ އިން ވަނީ ސްކޮޓްލޭންޑް 2-1 އިން ބަލިކޮށް، ތިން މެޗުން 6 ޕޮއިންޓާއެކު ދެވަނަ ހޯދާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345