ހުޅުމާލެ

ހުޅުމާލެ އިން އިތުރު 18 ބިމެއް ވިއްކާލަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ 18 ބިމެއް ވިއްކަން މިއަދު ހުޅުވާލައިފި އެވެ.

އެޗްޑީސީ އިން މިއަދު ވިއްކަން ހުޅުވާލީ ބީޗް ފްރޮންޓުން ދެ މިބަކާއި ބީޗް ސައިޑުން 16 ބިމެކެވެ.

ބީޗް ފްރޮންޓުން ވިއްކާ 1،454 އަކަފޫޓުގެ ބިމާއި 1،261 އަކަފޫޓުގެ ބިން ވިއްކަނީ އަކަފޫޓެއް 4،500 ރުފިޔާ އަށެވެ.

ބީޗު ސައިޑުން ވިއްކާ 1،316 އަކަފޫޓާއި 1،584 އަކަފޫޓާ ދެމެދުގެ ބިންތައް ވިއްކަނީ އަކަފޫޓެއް 4،000 ރުފިޔާ އަށެވެ.

އެޗްޑީސީ އިން ވަނީ މިދިޔަ ސެޕްޓެމްބަރު 16 ވަނަ ދުވަހު 16 ބިމާއި މިދިޔަ މެއި މަހު 13 ބިން ހުޅުމާލެ އިން ވިއްކަން ހުޅުވާލާފަ އެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި އެ ކުންފުނިން ވިއްކި ބިމުގެ އަގު ވަނީ 47 އަކަށް އިތުރުވެފަ އެވެ.