ހައިކޯޓް

މީގެ 8 އަހަރު ކުރީގެ މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

މީގެ 8 އަހަރު ކުރިން ހެންވޭރު ކޮޅު ގެސްޓް ހައުސްއެއްގައި މަސްތުވާތަކެތި ގެންގުޅުނު މީހަކު، އުމުރަށް ޖަލަށްލާން ހައިކޯޓުން ހުކުމްކޮށްފި އެވެ.

ޖެނުއަރީ 2016 ގައި، ހެންވޭރުކޮޅު ގެސްޓް ހައުސްއެއްގައި މަސްތުވާތަކެތި ގެންގުޅުކަން ސާބިތުވެ އުމުރަށް ޖަލަށްލާން މިއަދު ހުކުމް ކުރީ، ވ. ނަޖަފް، މުހައްމަދު މަމްދޫހު ކިޔާ މީހެއްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދަށު ކޯޓުގައި ކުރިން އޮތީ ކުށް ސާބިތު ނުވެ އެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އުމުރަށް ޖަލަށްލާން ހުކުމްކޮށް، 100،000 ރުފިޔާއިން ޖޫރިމަނާ ކުރި މި މައްސަލަ މީގެ އަށް އަހަރު ކުރިން ކްރިމިނަލް ކޯޓަށް ހުށަހެޅުނުއިރު އެ ކޯޓުން ނިންމާފައި އޮތީ ކުށް ސާބިތު ނުވާ ކަމަށެވެ.

މި މައްސަލައިގައި ހައިކޯޓުން މިއަދު ހުކުމް ކުރި ނަމަވެސް މުހައްމަދު މަމްދޫހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިދިޔަ ހަފްތާގައި އޮތީ ކަނޑައަޅާފަ އެވެ. އެހެންވެ އެ ދުވަހުން ފެށިގެން އޭނާ ހުރީ ބަންދުގައެވެ.