ސްރީލަންކާ

ޔޮޝިތާ ރާޖަޕަކްސާ ދޫކޮށްލައިފި

ސްރީލަންކާގެ ހައި ކޯޓުން ޔޮޝިތާ ރާޖަޕަކްސައާއި، އޭނާއާއި އެކީ ހައްޔަރު ކުރި އިތުރު ތިން މީހަކު ބެއިލްގައި ދޫކޮށްލައިފިއެވެ. ޔޮޝިތާ ރާޖަޕަކްސަ ދޫކޮށްލާފައިވަނީ އެއް ލައްކަ ރުޕީސް ބަހައްޓައިގެނެވެ.

ޔޮޝިތާ ދޫކުރުމުގެ ކުރިންވަނީ ސްރީލަންކާގެ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަނުން ހިންގާ ތަހުގީގަށް އެއްބާރުލުންދޭން ޝަރުތުކޮށްފަ އެވެ. އަދި ކޯޓްގެ ހުއްދައާ ނުލައި ސްރީލަންކާއިން ބޭރަށް ދަތުރުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

ޔޮޝިތާގެ އިތުރުން ކާލްޓަން ސްޕޯޓްސް ނެޓްވޯކްގެ އިސް މަގާމުތަކެއް އަދާކުރަމުން ދިޔަ ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެތާނގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަ އަދި މިނިވަނެއް ނުކުރެއެވެ. އޭނާގެ ބެއިލް ކަނޑައެޅުމަށް ކޯޓުގައި މިއަދު އަޑު އެހުމެއް ބާއްވާނެއެވެ.