ކްރިމިނަލް ކޯޓް

ސައްހަ ނޫން ފަސްސަތޭކަ ރުފިޔާ ގެންގުޅު މީހަކު ހައްޔަރުކޮށްފި

ސައްހަ ނޫން ފަސްސަތޭކަ ރުފިޔާ ގެންްގުޅުނު މީހަކު ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފި އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައި މ. ރަތްލިލީގޭ އުމުރުން 54 ހަތަރު އަހަރުގެ އަބްދުﷲ ސައީދު އެވެ.

ކްރިމިނަލް ކޯޓުން ކުރި އަމުރުގައިވަނީ ސައީދު ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމަށާއި ސައްހަ ނޫން 500 ރުފިޔާގެ ނޫޓެއް ކެފޭއަކުން މާރުކުރަން އޭނާ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ސައީދު ބުނެފައިވަނީ އެއީ ސައްހަ ނޫން ނޫޓެއްކަން ނޭނގޭ ކަމަށާއި، ނޫޓު ހިފައިގެން މާރުކުރަން ދިޔައީ އެކަން ކޮށްދިނުމަށް މީހަކު އެދިގެން ކަމަށެވެ.

މިމައްސަލައިގައި ކޯޓުން އަމުރުކުރީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސައީދު ތިން ދުވަހަށް ބަންދުކުރުމަށެވެ.