ގެސްޓްހައުސް ވިޔަފާރިއަށް ފުރުސަތު ހުޅުވާލުމަށްޓަކައި މ. މުލަކުން ބިންދޫކުރަން އެރަށު ކައުންސިލުން ނިންމައިފި އެވެ.
މުލަކު ކައުންސިލުން ބުނީ ގެސްޓްހައުސްގެ ވިޔަފާރި ފުޅާކުރުމަށްޓަކާއި ކައުންސިލްގެ ނަމުގައި 15،400 އަކަފޫޓުގެ ސަރަހައްދެއް ކަނޑައަޅައި، އެ ސަރަހައްދުގައި ގެސްޓްހައުސް މަޝްރޫއެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
މިމަޝްރޫއުގެ ދަށުން ބިން ކުއްޔަށް ދޭން ނިންމާފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ.
މިކަމާ ގުޅޭ ބިޑުގައި ރަޖިސްޓަރީ ވުމަށް ހުޅުވާލާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ބިޑު ފޮތެއްގެ އަގަކީ 3،000 ރުފިޔާ އެވެ.
މިމަޝްރޫއުގެ ބިޑް ހުޅުވުން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާ ގައެވެ.
މ. އަތޮޅަކީ ގެސްޓް ހައުސް ވިޔަފާރި މަޑުމަޑުން ތަރައްގީވަމުން އަންނަ އަތޮޅެކެވެ.