ގްރީން ފަންޑުގައި ސެޕްޓެމްބަރު މަސް ނިމުނުއިރު 1.6 ބިލިއަން ރުފިޔާ ހުރި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން މި އަހަރު ފެށުނުއިރު ގްރީން ފަންޑުގައި 1.1 ބިލިއަން ރުފިޔާ ހުއްޓެވެ.
ގްރީން ފަންޑަށް މިއަހަރުގެ ޖެނުއަރީ އިން ސެޕްޓެމްބަރުގެ ނިޔަލަށް 808 މިލިއަން ރުފިޔާ ޖަމާކުރިއިރު މި މުއްދަތުގައި އެ ފަންޑުން 325 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.
ގްރީން ފަންޑުއަށް ޖަމާކުރި މިންވަރާއި ހަރަދު
- ޖެނުއަރީ 2024 - ޖަމާކުރި: 99.5 މިލިއަން ރުފިޔާ | ހަރަދުކުރި: 138،907.8 ރުފިޔާ
- ފެބްރުއަރީ 2024 - ޖަމާކުރި: 102.8 މިލިއަން ރުފިޔާ | ހަރަދުކުރި: 93.9 މިލިއަން ރުފިޔާ
- މާޗް 2024 - ޖަމާކުރި: 113.8 މިލިއަން ރުފިޔާ | ހަރަދުކުރި: 19.8 މިލިއަން ރުފިޔާ
- އެޕްރީލް 2024 - ޖަމާކުރި: 105.7 މިލިއަން ރުފިޔާ | ހަރަދުކުރި: 43.9 މިލިއަން ރުފިޔާ
- މޭ 2024 - ޖަމާކުރި: 85.2 މިލިއަން ރުފިޔާ | ހަރަދުކުރި: 43.9 މިލިއަން ރުފިޔާ
- ޖޫން 2024 - ޖަމާކުރި: 64.2 މިލިއަން ރުފިޔާ | ހަރަދުކުރި: 56.3 މިލިއަން ރުފިޔާ
- ޖުލައި 2024 - ޖަމާކުރި: 60.6 މިލިއަން ރުފިޔާ | ހަރަދުކުރި: ހަތް މިލިއަން ރުފިޔާ
- އޮގަސްޓް 2024 - ޖަމާކުރި: 87.1 މިލިއަން ރުފިޔާ | ހަރަދުކުރި: 2.7 މިލިއަން ރުފިޔާ
- ސެޕްޓެމްބަރު 2024 - ޖަމާކުރި: 88.9 މިލިއަން ރުފިޔާ | ހަރަދުކުރި: 57.6 މިލިއަން ރުފިޔާ
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.
ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.