ދުނިޔެ

އިޒުރޭލުން އީރާންގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެކަން އެމެރިކާއަށް އަންގައިފި

އީރާނުން ބެލިސްޓިކް މިސައިލް އުފައްދާ ކަމަށް ބުނާ މަރުކަޒެއް -- އިޒުރޭލުން ހަމަލާދޭނެ ކަމަށް ބުނަނީ އީރާންގެ އަސްކަރީ މަރުކަޒުތަކަށް
0%
0%
0%

އީރާންގެ ކިބައިން ބަދަލުހިފުމަށް އިޒުރޭލުން އެންމެ ފުރަތަމަ ކުރާނެ ކަމަކީ އީރާންގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުން ކަމަށް -- އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް އަންގަވައިފި އެވެ.

އެމެރިކާގެ އޮންލައި ނޫސް، ވޮޝިންގްޓަން ޕޯސްޓުން ބުނާ ގޮތުން އީރާންގެ ނިއުކްލިއާ އިންޖީނުގެތަކަށާއި ތެޔޮ ސާފުކުރާ މަރުކަޒުތަކަށް އިޒުރޭލުން ހަމަލާއެއް ނުދޭނެ އެވެ.

އިޒުރޭލުގެ އަސްކަރިއްޔާއާ ގާތް ގުޅުމެއް އޮން ނޫސްވެރިން ބުނާ ގޮތުން އީރާނަށް ހަމަލާދިނުމުގައި އިޒުރޭލުން ބަލާނީ އީރާންގެ އަސްކަރީ ގާބިލުކަން ނައްތާލުމަށެވެ.

އީރާނަށް ވަފާތެރި ސިޔާސީ ލީޑަރުންތަކެއް އިޒުރޭލުން މަރާލުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ އިޒުރޭލަށް ހަމަލާދީފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާނުން ބެލިސްޓިކް މިސައިލުން އިޒުރޭލަށް ދިން ހަމަލާތަކުގައި ޔަހޫދީންގެ އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މިއީ އަދި ނޫސްތަކުން އާންމުކުރި ވާހަކައެއް ނޫން ނަމަވެސް މި ވާހަކަތައް އާންމުކުރުމަކީ އިޒުރޭލުން ހިތްވަރުދޭ ކަމެއްވެސް ނޫނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވި ގޮތުގައި އިޒުރޭލުން ބަދަލުހިފުމުގެ ގޮތުން އީރާނަށް ހަމަލާދިނުން އެންމެ ރަނގަޅެވެ. ނަަމަވެސް ނިއުކްލިއާ އިންޖީނުގެ ފަދަ ނުރައްކާތެރި އަދި އާންމުންނާ ގުޅުން ހުރި އެއްވެސް ތަނަކަށް ހަމަލާދިނުމަކީ އެމެރިކާ ތާއީދުކުރާނެ ކަމެއް ނޫނެވެ.

އީރާންގެ ތެޔޮ ސާފުކުރާ މަރުކަޒުތަކަށް ހަމަލާދިނުމަކީވެސް އެމެރިކާ ރުހޭނެ ކަމެއް ނޫން ކަަމަށް ވައިޓް ހައުސްއާ ހަވާލާދީ ވޮޝިންގްޓަން ޕޯސްޓުން ބުންޏެވެ.

އިޒުރޭލުން އީރާނަށް ހަމަލާދޭނެ ގޮތްތަކާ ބެހޭ ގޮތުން މީގެކުރިން ބެލެވިފައި އޮތީ، އިޒުރޭލުން ހަަމަލާދޭނީ އިގުތިސާދީ ގޮތުން އީރާނަށް އެންމެ ދަތިވާ ގޮތް ބަލައިގެން ކަމަށެވެ. މިގޮތުން ތެޔޮ ސާފުކުރާ މަރުކަޒުތަކަށާއި ނިއުކްލިއާ އިންޖީނުގެތަކަށް ހަމަލާދޭނެ ކަމަށް އޮތީ ހީކުރެވިފަ އެވެ.

އިޒުރޭލުން މިގޮތަށް ނިންމައިފިނަމަ -- އީރާންއާއި އިޒުރޭލާ ދެެމެދު ކުރެވޭ ހަނގުރާމަ އަކީ އަސްކަރިއްޔާ އާއި އަސްކަރިއްޔާއާ ދެމެދު ބަދަލުކުރެވޭ ހަމަލާތަކަކަށް ވާނެ އެވެ. ނަމަވެސް މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި އިޒުރޭލަކީ އިތުބާރުކުރަން ހެޔޮވާވަރުގެ ބައެއް ނޫނެވެ. ވަކި ގޮތަކަށް ކަންކުރާނެ ކަމަށް ބުނެފައި އެ ނޫން ގޮތްގޮތަށް ކިތަންމެ ފަހަރަކު އަމަލުކުރާ ކަަމަށް ތަޖުރިބާކާރުން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345