އިޒުުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭ ގޮތުން އިޒުރޭލުގެ ބޮޑުންގެ ބަޔަކު އަވަހާރަކޮށްލަން ރޭވި ކަމުގެ ތުހުމަތަށް އެ ގައުމުގެ ރައްޔިތަކު ހައްޔަރުކޮށްފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލު ސަރުކާރުގެ ވެރިންގެ ބަޔަކު އަވަހާރަކޮށްލަން ރޭވީ އީރާން އަޑީގައި އޮވެގެންނެވެ.
ނަތަންޔާހޫ އަވަހާރަކޮށްލަން ރޭވުމުގައި ބައިވެރިވި ކަމަށް ބަލައި އިޒުރޭލުގެ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފައި ވަނީ މޯޓީ މަމަން ނަމަކަށް ކިޔާ 73 އަހަރުގެ ޔަހޫދީ އެކެވެ. އޭނާ ހައްޔަރުކުރި ކަމަށް ވަނީ މިދިޔަ މަހު އެވެ. ނަމަވެސް، އިޒުރޭލުގެ ކަމާ ބެހޭ އެއްވެސް އިދާރާއަކުން މި ވާހަކަ މީގެ ކުރިން ހާމައެއް ނުކުރެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މަމަން ދެ ފަހަރެއްގެ މަތިން އިރާނަށް ދެ ދަތުރެއް ވަނީ ކޮށްފަ އެވެ. އަދި އީރާންގެ އޭޖެންޓުންގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ވެސް އިޒުރޭލުގެ ތަހުގީގީ އިދާރާތަކުން ބުންޏެވެ.
މަމަން އަކީ ތުރުކީގައި ވެސް ވަރަށް ގިނަ ދުވަހު ދިރިއުޅެފައިވާ މީހެއް ކަމަށްވެސް އިޒުރޭލުން ބުންޏެވެ. އެއަށް ފަހު އީރާނަށް ދަތުރުކޮށް އެ ގައުމުގެ ވިޔަފާރިވެރިއަކާ ބައްދަލުކޮށްފައިވާ ކަމަށް ބުންޏެވެ.
އިޒުރޭލުގެ ތަހުގީގީ އިދާރާތަކުން ބުނި ގޮތުން އިރާންގެ އެޖެންޓެއްގެ ގޮތުގައި، އިޒުރޭލުގައި ހަރަކާތްތެރިވުމަށް އޭނާ ވަނީ އެއް މިލިއަން ޑޮލަރުގެ އަގެއް ކިޔާފަ އެވެ. އަދި މި ފައިސާ އެޑްވާންސްކޮށް -- ކުރިން ދިނުމަށް ވެސް ވަނީ އެދިފަ އެވެ.
ނަމަވެސް، އީރާންގެ އޮފިޝަލުން މިކަމަށް އެއްބަސް ނުވި ކަމަށް ވެސް އިޒުރޭލުން ބުންޏެވެ.
އިރާނުން އެއްބަސްވި އޭނާއާ ހަވާލުކުރި މަސައްކަތް ނިންމުމުން އަދު ދިނުމަށް ކަމަށް ވެސް އިޒުރޭލުގެ ފުލުހުންނާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ.
މަމަންއަށް ލިބިފައިވާ ހަމައެކަނި ފައިސާ އަކީ އީރާންގެ އޮފިޝަލުންނާ ބައްދަލުކުރުމަށް ހުށަހެޅި 5،580 ޑޮލަރު ކަމަށް ވެސް އިޒުރޭލުގެ ތަހުގީގީ އިދާރާތަކުން ބުންޏެވެ.