ސީރިޔާގެ ހަނގުރާމައަށް ހައްލެއް ގެނައުމުގެ މަގްސަދުގައި ޖެނީވާގައި ބޭއްވި ޕީސް ޓޯކްސް ނިމުނުތާ ގަޑިއިރުތަކެއް ފަހުން ރަޝިޔާ ސިފައިންގެ މައި ފައުޖު ސީރިޔާއިން ނިކުންނަން ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އަމުރު ކުރައްވައިފި އެވެ.
އެ އަމުރާއެކު ޕުޓިން ވިދާޅުވެފައިވަނީ ރަޝިޔާއިން ބޭނުންޗި މަގްސަދުތައް ހާސިލްވެފައިވާ ކަމަށެވެ.
ޕުޓިން މިކަމަށް އަމުރު ކުރައްވާފައިވަނީ ސީރިޔާގެ ސަރުކާރާއި އިދިކޮޅު ހަނގުރާމަ ވެރިން ޖެނީވާގައި ބޭއްވި ޕީސްޓޯކްސް ނިމުނުތާ ގަޑިއިރުތަކެއް ފަހުންނެވެ. ޕުޓިން ރަޝިޔާގެ ޑިފެންސް މިނިސްޓަރު އަރިހުގައި ވިދާޅުވީ ރަޝިޔާގެ ޑިފެންސް މިނިސްޓްރީއަށާއި، މިލިޓަރީ ސިފައިންނަށް ކުރަން ހުޝައެޅި ކަންތައް ކޮށްފައިވާ ކަމަށެވެ.
ޕުޓިން މިހެން އަމުރު ކުރެއްވި ނަމަވެސް އެއްބައި ސަރަހައްދުތަކުގައި ރަޝިޔާގެ މިލިޓެރީ ސިފައިން މަޑު ކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އާދައިގެ މަތިން ސިފައިން ހިންގަމުން ގެންދިޔަ ހަރަކާތްތައް ވެސް ކުރިޔަށް ގެންދާނެ އެވެ.