ދުނިޔެ

ބަންގްލަދޭޝްގެ ސެންޓްރަލް ބޭންކްގެ ވެރިޔާ އިސްތިއުފާ ދެއްވައިފި

ބަންގްލަދޭޝްގެ ސެންޓްރަލް ބޭންކްގެ ވެރިޔާ އަތިއުރް ރަހުމާން މިއަދު އިސްތިއުފާ ދެއްވައިފި އެވެ. އޭނާ އިސްތިއުފާ ދެއްވީ ހެކަރުން ބަންގްލަދޭޝްގެ ފޮރީން ރިޒާވްސް އިން 81 މިލިއަން ޑޮލަރު ވަގަށް ނެގުމުގެ ސަބަބުންނެވެ.

ރިޒާވުން 81 މިލިއަން ޑޮލަރު އެއްފަހަރާ ދައުލަތުގެ ރައުސުލްމާލުން ވަގަށް ނެގުމުގެ ސަބަބުން، ބަންގްލަދޭޝްގެ ސަރުކާރަށް ވަނީ ގިނަ ބަޔެއްގެ ފާޑު ކިޔުންތައް ވަނީ އަމާޒު ވެފައެވެ. ހެކުކޮށްގެން ފައިސާ ނެގި މީހުންނާބެހޭ ބަޔަކު އަދި ސާފުވެފައެއް ނުވެއެވެ.

ބަންގްލަދޭޝްގެ ފިނޭންސް މިނިސްޓަރު ވިދާޅުވީ ސެންޓްރަލް ބޭންކުގެ ވެރިޔާއަށް އިއްޔެ ގުޅުއްވި ކަމަށާއި އިސްތިއުފާ ދެއްވަން ދެއްވަން ވެސް ދެންނެވި ކަމަށެވެ