އިންގެލޭންޑް

ތޯމަސް ޓުޗެލް އިނގިރޭސި ޤައުމީ ޓީމުގެ ކޯޗަކަށް

ތޯމަސް ޓުޗެލް
0%
0%
0%

އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭ) އިން މިއަދު ހާމަކުރި ގޮތުގައި ޖަރުމަނުގެ ފަންނުވެރި ކޯޗު ތޯމަސް ޓުޗެލް ވަނީ އިނގިރޭސި ގައުމީ ޓީމުގެ އާ ކޯޗަކަށް ހަމަޖެހިފަ އެވެ. މިކަން ހާމަކުރުމަަށް މިއަދު އެ އިދާރާއިން ރަސްމީ އިއުލާނެއް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޓުޗެލްގެ އެދުމުގެ މަތިން އޭނާގެ މަގާމުގެ މަސައްކަތް ފަށާނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. އަދި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖުލައި މަހު އެވެ. މި ޝަރުތު އެފްއޭ އިން ވަނީ އަންގާރަ ދުވަހު ގަބޫލުކޮށްފަ އެވެ.

ތޯމަސް ޓުޗެލް އަކީ ޗެލްސީ އަދި ޕެރިސް ސެއިންޓް-ޖަމޭން ފަދަ ބޮޑެތި ކްލަބުތަކުގައި މަސައްކަތްކޮށް، ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ.

އާ މަގާމާއެކު، އިނގިރޭސި ގައުމީ ޓީމު އިތުރަށް ހަރުދަނާވެ ކުރިއަށް އޮތް ބޮޑެތި މުބާރާތްތަކުގައި ރަނގަޅު ނަތީޖާ ހޯދާނެ ކަމަށް އިނގިރޭސި ފުޓުބޯޅައަށް ސަޕޯޓް ކުރާ ގިނަ ބަޔަކު އުއްމީދު ކުރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910