ކުޅިވަރު

އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕަށް ދިވެހި ޓީމު ފުރައިފި

އިންޑިއާގެ ބެންގަލޫރުގައި ބާއްވާ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި އެވެ.

އޮކްޓޯބަރ 18 އިން 27 އަށް ކުރިއަށްދާ މި މުބާރާތުގައި 15 ގައުމު ބައިވެރިވާއިރު، ދިވެހިރާއްޖެ ވާދަކުރާނީ ގްރޫޕް ބީގަ އެވެ. މި ގްރޫޕްގައި ދިވެހިރާއްޖެއާއެކު ހިމެނެނީ ސިންގަޕޫރު، ޗައިނީސް ޓައިޕޭ އަދި ބަހްރެއިން އެވެ.

ޓީމުގެ ސްކޮޑްގައި 12 ކުޅުންތެރިން ހިމެނޭއިރު ކެޕްޓަންކަން ކުރާނީ ހަމްނާ އަބްދުއްރަހްމާން އެވެ. އަދި ވައިސް ކެޕްޓަންގެ މަގާމުގައި ހުންނާނީ މަރްޔަމް ޝިނާއަތު އެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޓީމުން ވަނީ ސްރީލަންކާގައި ތަމްރީން ކޭމްޕެއް ބާއްވައި، އެ ގައުމުގެ އެކި ޓީމުތަކާ އެކުވެރިކަމުގެ މެޗުތަކެއް ކުޅެފަ އެވެ.

ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ދިވެހިރާއްޖޭގެ ނެޓްބޯޅަ ޓީމު ވަނީ އޭޝިއާގެ ރޭންކިންގައި ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފަ އެވެ. އެގޮތުން 2022 ވަނަ އަހަރު ދިވެހިރާއްޖެ ވަނީ 10 ވަނައިން 7 ވަނައަށް ޖެހިލާފަ އެވެ.

ޓީމުގެ ކޯޗު ފާހަގަކުރެއްވި ގޮތުގައި މި މުބާރާތުގެ މައިގަނޑު އަމާޒަކީ ދިވެހިރާއްޖޭގެ ރޭންކިން އިތުރަށް ރަނގަޅުކުރުމެވެ.