ވިޔަފާރި

އުރީދޫއަށް އަލަށް ބަދަލުވުމުން ތިން މަހަށް ވައިބާ ހިލޭ!

Mar 15, 2016
2
  • ވައިބާ ހިލޭ ލިބޭ
  • ހިލޭ ޑޭޓާ އެމްބީ
  • އަލަށް ގުޅުމުން 15 ޖީބީއާ ހަމައަށް ޑޭޓާ

އުރީދޫ އަށް އަލަށް ބަދަލުވާ މީހުންނަށް ތިން މަސް ދުވަހަށް ވައިބާ ހިލޭ ހާއްސަ އޮފާއެއް މިއަދު ފަށައިފި އެވެ.

"މަވެސް އުރީދޫ ކެމްޕެއިން" ގެ ދަށުން، މުޅިން ހިލޭ ވައިބާ ބޭނުންކުރެވޭ ވަރަށް ހާއްސަ އޮފާގައި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކުރިއަށް އޮތް ތިންމަސް ދުވަސް ތެރޭގައި ވައިބާ އެޕްލިކޭޝަން މެދުވެރިކޮށް ގާތްތިމާގެ ބޭފުޅުންނާއެކު ޗެޓްކޮށް، ސްޓިކާ ފޮނުވައި، ފޮޓޯ އާއި ވީޑިއޯ ހިއްސާ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫން ބުނީ މިމަހުގެ ތެރޭގައި އުރީދޫ ނެޓްވާކަށް އަލަށް ގުޅޭ މީހުންނަށް އުރީދޫ ޕްރީޕެއިޑް ނުވަތަ މިކްސް ޕެކޭޖުން ޕޯސްޓްޕެއިޑް ޕެކޭޖަކަށް އަޕްގްރޭޑް ކުރާ މީހުންނަށްވެސް މި ފުރުސަތު ލިބޭނެ ކަމަށެވެ.

އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމުން ކަމަށެވެ.

"އުރީދޫގެ އެންމެ ބޮޑު ކާމިޔާބީ އަކީ އަޅުގަނޑުމެންގެ ލޮބުވެތި ކަސްޓަމަރުންގެ ފަރާތުން ލިބިގެންދާ ހިތްވަރާއި، އެއްބާރުލުން. މިގޮތުން، އުރީދޫގެ ކަސްޓަމަރުން ހިތްހަމަޖެހޭފަދަ، އަދި އެބޭފުޅުންނަށް ކޮންމެދުވަހަކު ވެސް ފައިދާ ލިބިގެންދާފަދަ ހާއްސަ ޕްރޮމޯޝަންތައް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްވެސް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މި އޮފަރ މި ގެނެސް ދެނީ، ދިވެހިރާއްޖޭގައި އާއިލާ އާއި ރައްޓެހިންނާއި އެކު ގުޅުންބޭއްވުމުގައި ވައިބަރ އެޕްލިކޭޝަންގެ މަގްބޫލުކަން ބަލައިގަތުމާއި އެކު،" އުރީދޫގެ ސީއީއޯ، ވިކްރަމް ސިންހަ ވިދާޅުވި އެވެ.

އުރީދޫ އިން ދަނީ ވައިބާއާ ގުޅިގެން، ހާއްސަ ޗެޓް ޕެކް ތަކެއް ވަނީ ތައާރަފްކޮށްފަ އެވެ. ވައިބާ މޮބައިލް އެޕް މެދުވެރިކޮށް ވަރަށް ހެޔޮ އަގެއްގައި ގާތްތިމާގެ ބޭފުޅުންނާ މުއާމަލާތުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދެ އެވެ. އަދި ވައިބާ ޕެކްތަކުގެ ތެރޭގައި ހިމެނެނީ، އެއް ދުވަހަށް ހާއްސަ "ވައިބާ ފަހެއް" ޕެކާއި ފަސް ދުވަހަށް ބޭނުންކުރެވޭ "ވައިބާ 11" ޕެކެވެ. މީގެ ތެރޭގައި ހިމެނޭ "ވައިބާ ފަހެއް" ޕެކް ހިޔާރު ކުރުމުން ވައިބާ އެޕްގައި 30 އެމްބީގެ އެލަވަންސް ލިބެ އެވެ. އަދި މީގެ އިތުރުން އެންމެ 5 ރުފިޔާ އަށް މި ޕެކް ލިބޭނެއެވެ. މީގެ އިތުރުން 11 ރުފިޔާގެ "ވައިބާ11" ޕެކް މެދުވެރިކޮށް 80 އެމްބީގެ ޑޭޓާ އެލަވަންސް ލިބެ އެވެ.

އުރީދޫ ބުނީ އެ ކުންފުންޏާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހޫނު މަރުހަބާއެއް ކިއުމުގެ ގޮތުން ކޮންމެ މީހަކަށް ވެސް 15 ޖީބީއާ ހަމައަށް ހިލޭ ޑޭޓާ ލިބޭނެ ކަމަށެވެ.