ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް

ޔޫއެންޑީޕީގެ ރެޒިޑެންޓް ކޯޑިނޭޓަރު މެޑަމް ފާތުންއާ ބައްދަލު ކުރައްވައިފި

ޔުނައިޓަޑް ނޭޝަން ޑިވަލޮޕްމްނަޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ ރެޒިޑެންޓް ކޯޑިނޭޓަރު ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްއާ ބައްދަލު ކުރައްވައިފި އެވެ.

ޔޫއެންޑީޕީގެ ރެޒިޑެންޓް ކޯޑިނޭޓަރ ސޯކޯ ނޯޑާ މެޑަމް ފާތުންގެ އަރިހަށް ޒިޔާރައް ކުރެއްވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ނަމަވެސް އެ ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް މެޑަމް ފާތުންގެ އޮފީހުން ހާމައެއް ނުކުރެއެވެ.

ރިޔާސީ ލޯންޗު ކޮޅަށް ދިން ހަމަލާއަށް ފަހު މެޑަމް ފާތުން ދާދި ފަހުން ވަނީ މާލޭގެ ބައެއް ގޭގެޔަށް ޒިޔާރަތްކޮށް އެ ގޭގޭ ގެ އާއިލާތަކުގެ ހާލު ބައްލަވާލައްވާފައެވެ. އަދި އެކަމަނާ އިސްވެ ހުންނަވައިގެން ބާއްވާ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ލީޑަރުންގެ މަހާސިންތާގެ ތިން ވަނަ ބައްދަލުވުން ވަނީ މި ހަފުތާއަށް ތާވަލްކޮށްފައެވެ.