ދިވެހިރާއްޖޭގެ ޒަކާތު ހައުސް

ޒަކާތު ހައުސްއަށް މެލޭޝިއާގެ އިންސިފް ޔުނިވާސިޓީން ފަންނީ އެހީތެރިކަން ދެނީ

މޯލްޑިވްސް ޒަކާތު ހައުސްއަށް، މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް ޔުނިވާސިޓީ (އިންސިފް) އިން ފަންނީ އެހީތެރިކަން ދޭން އެއްބަސްވެއްޖެ އެވެ.

މި އެއްބަސްވުމުގައި ޒަކާތް ހައުސްގެ ފަަރާތުން ސޮއިކުރެއްވީ ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް އިއްޒުއްދީން އަދްނާން އެވެ. އަދި މެލޭޝިއާގެ އިންސިފް ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއަށް ނިސްބަތްވާ އެ ޔުނިވަސިޓީގެ ޕްރޮފެސަރު ޑރ. އައިޝަތު މުނީޒާ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އެއްބަސްވުވުމުގެ ދަށުން އެ ޔުނިވާސިޓީން ޒަކާތު ހައުސްއަށް ފަންނީ އެހީތެރިކަން ދިނުމާއެކު މުވައްޒަފުން ތަމްރީނުކުރުމަށް އެހީވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ އިސްލާމީ އިގްތިސާދު ކުރިއެރުވުމަށް ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއް ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވީ ޒަކާތު ހައުސްގެ ވަފުދެއް މެލޭޝިއާއަށް ކުރަމުންދާ ދަތުރެއްގެ ތެރެއިންނެވެ.

މި ދަތުރަކީ މެލޭޝިއާގެ އިސްލާމިކް މިިނިސްޓަރު ޑރ. މުހައްމަދު މައީމް މުހްތާރުގެ ދައުވަތަކަށް ކުރަމުންދާ ދަތުރެކެވެ.