ދައުލަތުގެ ބަޖެޓް

ސަޕްލިމެންޓަރީ ބަޖެޓް ދިރާސާކުރަން ދިނީ އެއް ދުވަސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: މަޖިލިސް
0%
0%
0%

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓް ދިރާސާކުރުމަށް ކޮމިޓީއަށް އެންމެ ދުވަހެއް ދިނުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމުން ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް އެއް ހުށަހެޅުއްވުމުގައި ގިނަ ކަންތައްތަކެއް ހިމަނުއްވައިގެން ހުށަހެޅުއްވީ ސަޕްލިމެންޓަރީ ބަޖެޓް ދިރާސާކުރުމަށް ދިރާސާކުރާ ކޮމިޓީއަށް އެއް ދުވަސް ދިނުމަށެވެ.

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ތާއީދު ކުރެއްވި މިހުށަހެޅުމަށް މެންބަރުން ވަނީ ތާއީދުކުރައްވާފަ އެވެ.

ފަލާހުގެ ހުށަހެޅުއްވުމުގެ ތެރޭގައިވާ އެހެން ކަންކަމުގެ ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް މިއަދު މެންދުރު 1:30 ގައި ފެށުމަށްފަހު ބަހުސް އެއްކޮށް ނިމެންދެން ކުރިއަށް ގެންދިއުމާއި، މިމަރުހަލާގައި ބަހުސްކުރުމަށް ކޮންމެ މެންބަރަކަށް ފަސް މިނެޓް ދިނުން ހިމެނެ އެވެ.

ސަޕްލިމެންޓްރީ ބަޖެޓް، ކޮމިޓީން ދިރާސާ ކުރުމަށްފަހު ކޮމިޓީ ރިޕޯޓް ތަޅުމަށް ހުށަހެޅުމުން އެ ރިޕޯޓަށް ބުސް ކުރުމަށް ކޮންމެ މިނެޓަކަށް ދެ މިނެޓްގެ ވަގުތުކޮޅެއް ދިނުމަށްވެސް ފަލާހުގެ ހުށަހެޅުމުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހެޅީ 5.1 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345