އެމްއެންޑީއެފް

މަހަށް ނިކުމެ އުޅެނިކޮށް ކަނޑުވި ބަޔަކު ސަލާމަތްކޮށްފި

މަސްވެރިކަމަށް ނިކުމެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލައި އޭގައި ދަތުރުކުރި މީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ ފަރުމަސްވެރިކަމަަށް ނިކުމެ ޑިންގީއެއް ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 6:11 ހާއިރު ކަމަށެވެ.

ލިބުނު މައުލޫމާތާ ގުޅިގެން ޑިންގީ ހޯދަމުން ދަނިކޮށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ސިފައިން ކުރި މަސައްކަތުން ޑިންގީ ފެނުނީ ހެނދުނު 09:32 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.

އެމްއެންޑީއެފް އިން ވަނީ ބަންޑުން ޖަހާލާފައިވާ ޑިންގީ މަތީގައި ކަނޑުވެފައި ތިބި މީހުން މަޑުކޮށްލައިގެން ތިބި ވީޑިއޯއެއް އެކްސްގައި ޕޯސްޓްކޮށްފަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުކަށް ކޮންމެވެސް ވަރަކަށް ވާރޭ ވެހުނަސް މިދުވަސްވަރަކީ މޫސުން އެހާ ގޯސް ދުވަސްވަރެއް ނޫނެވެ.