އުރީދޫ

ދޯހާ މެރެތަންއަށް އުރީދޫ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ ދެ ފުރުސަތު ލިބޭ ލަކީ ޑްރޯއެއް އިއުލާނުކޮށްފި އެވެ.

"ދޯހާ މެރެތަން 2025" އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު ގަތަރުގަ އެވެ.

މި ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ އިއްޔެ އިން ފެށިގެން ނޮވެމްބަރު 26 ވަނަ ދުވަހުގެ ރޭގެ 11:59 ގެ ނިޔަލަށެވެ.

އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި އުރީދޫ ވެބްސައިޓް މެދުވެރިކޮށް މި ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ.

ލަކީ ޑްރޯގައި ބައިވެރިވުމުގެ ޝަރުތުތައް

  • އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ދުވަހުހުރުން. ލަސްވެގެން 1 އޮކްޓޫބަރު 2023 އިން ފެށިގެން.
  • ދޯހާ މެރެތަންގައި ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވުމުގެ ގާބިލްކަން ސިއްހީ ގޮތުން ހުރުން، މީގެ ކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައިވުން.
  • ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން.
  • ލަކީ ޑްރޯގެ މުއްދަތުގައި ރަޖިސްޓްރީވުން

އުރީދޫ މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް މި ލަކީ ޑްރޯގައި ބައިވެރިވެވޭއިރު ދޯހާ މެރެތަންގެ އިތުރު މައުލޫމާތު ދޯހާ މެރެތަންގެ ވެބްސައިޓުން ލިބޭނެ އެވެ.