ބޭރު ކުޅިވަރު

ފުރަތަމަ ފަހަރަށް ސިޓީ ކުއާޓާ ފައިނަލަށް

Mar 16, 2016

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ފުރަތަމަ ފަހަރަށް މެންޗެސްޓާ ސިޓީ ދަތުރުކޮށްފި އެވެ.

ސިޓީ ކުއާޓާ ފައިނަލަށް ދިޔައީ ރޭ ރަޝިޔާގެ ޑީނަމޯ ކިއޭވްއާއެކު ކުޅުނު މެޗު 0-0 އިން އެއްވަރުވުމުން ދެ މެޗުގެ އެގްރީގޭޓުން ކުރިލިބުމުންނެވެ.

މުބާރާތުގެ ގަދަ އަށެއްގައި ސިޓީ އަށް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާ ވާދަކުރަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު މެނުއަލް ޕެލެގްރީނީ ބުނީ އޭނާގެ ޓީމުގެ އަމާޒަކީ ކުއާޓާ ފައިނަލްނޫން ކަމަށާއި ކޮންމެ ބަޔަކު ވެސް ބޭނުންވާނީ ތައްޓާއެކު މުބާރާތް ނިންމާލަން ކަމަށެވެ.

ރޭ ގަދަ އަށަކުން ޖާގަ ހޯދި އަނެއް ޓީމަކީ ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑެވެ. އެ ޓީމު ސެމީ އަށް ދިޔައީ ނެދަލޭންޑްސްގެ އަޔެކްސްއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 8-7އިންނެވެ. ނަތީޖާ ނެރެން މި ދެ ޓީމު ޕެނަލްޓީ ޖަހަން ޖެހުނީ ކުޅުނު ދެ މެޗުގައި ވެސް ލަނޑެއް ނުޖެހި އެއްވަރުވުމުން ރޭ ނަތީޖާ ނެރެން ކުޅުނު އިތުރުވަގުތުގެ 15 މިނިޓްގެ ދެ ހާފުގައި ވެސް ނަތީޖާ ނުނެރެވުމުންނެވެ.