ޣައްސާން މައުމޫން

ޣައްސާނާއި ރަޝިއާ ސަފީރު ބައްދަލުކުރައްވައިފި

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރާއްޖޭގައި ހުންނަވާ ރަޝިއާގެ ސަފީރު ލިވަން އެސް ޖަގަރްޔަންއާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުން އިއްޔެ ކުރިއަށް ދިޔައީ ސިފައިންގެ މައި މަރުކަޒު -- ބަންޑާރަކޮށީގައެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މިބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދެ ގައުމުގެ ގުޅުމާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭ ގޮތުން ކަމަށެވެ.

ރަޝިއާ ސަފީރު ވަނީ ރާއްޖެއަކީ ރަޝިއާ ރައްޔިތުންގެ މެދުގައި މަގުބޫލު މަންޒިލަކަށް ވާތީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރު ޣައްސާން ވަނީ ރާއްޖެއަށް ރަޝިއާގެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާތީ އިގްތިސާދަށް ފައިދާ ކުރާ ކަމަށް ވިދާޅުވެފަ އެވެ.