ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

މަސްވެރިންގެ ދަފްތަރުގައި 300 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓްރީވެއްޖެ

މަސްވެރިން ކަނޑުމަތީގައި ކިރި އިހްތިޖާޖެއްގެ ތެރެއިން -- ފޮޓޯ: އަވަސް
0%
0%
0%

މަސްވެރިންގެ ގައުމީ ދަފްތަރުގައި މިހާތަނަށް 305 އުޅަނދު ރަޖިސްޓަރީކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މިފަދަ ދަފްތަރެއް އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ މަސްވެރިކަމަކީ ދައުލަތުން ބަލައިގަންނަ އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ކަނޑައެޅުމާއި މަސްވެރިކަމަކީ ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއަކަށް ހެދުމެވެ.

މަސްވެރިންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފެށީ މިއަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހު އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދަފްތަރު އެކުލަވާލުމާއެކު، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ބިދޭސީންގެ ސަބަބުން ރާއްޖެއިން ބޭރަށް ދާ ފައިސާ ރާއްޖޭގެ އިގްތިސާދުގައި ހިފެހެއްޓޭނެ ކަމަށެވެ.

މީގެއިތުރުން ފާނައިގެ މަސްވެރިކަން ފަދަ ފަރު މަހުގެ މަސްވެރިކަމާއި، ރެކްރިއޭޝަނަލް ފިޝިން އަދި ސްޕޯޓްސް ފިޝިން ފަދަ ހަރަކާތްތަކުގެ މައުލޫމާތުވެސް ދަފްތަރުގެ ތެރެއިން ފުރިހަމައަށް ނެގޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910