އެމެރިކާގައި މި އަހަރު އޮންނަ ރިޔާސީ އިންތިހާބު ނޮވެމްބަރު ފަހެއް، އަންނަ އަންގާރަ ދުވަހު ފަށާނެ އެވެ. މި އިންތިހާބުގައި އެންމެ އަޑުގަދަ ދެ ކެންޑިޑޭޓުންނަކީ -- ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ޑޮނަލްޑް ޓްރަމްޕް އަދި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކަމަލާ ހެރިސް އެވެ.
ދުނިޔޭގެ ގައުމުތަކުންނާއި ވަކިވަކި ފަރުދުންވެސް މިހާރު ތިބީ އެެ ބަޔަކު ތާއީދުކުރާ ކެންޑިޑޭޓެއްގައި ހުނިޖަހައި ފާހަގަކޮށްގެންނެވެ. ތާއީދުކުރަން ބޭނުންކުރާނެ ފާހަގަތަކާއި ކުލަތައްވެސް އެ ބަޔަކު ތިބީ ޖަމާކޮށްގެންނެވެ.
މިގޮތުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ޑޮނަލްޑް ޓްރަމްޕަށް ތާއިދުކުރައްވާ ލީޑަރުންގެ ތެރޭގައި ހަންގޭރީގެ ބޮޑުވަޒީރު ވިކްތަރު އޯބަން އާއި އެމެރިކާގެ މަހުޖަނު އީލޮން މަސްކް ހިމެނެ އެވެ.
ޓްރަމްޕަށް ތާއީދުކުރެއްވުމުގެ ގޮތުން އީލޮން މަސްކް ވެސް ވަނީ ވަރަށް އާދަޔާ ހިލާފު ކަންތައްތަކެއް ކުރައްވައި އަދި ވަނީ ވާދަވެރި ބަސްތައް ވިދާޅުވެފަ އެވެ.
ރިޔާސީ އިންތިހާބު ފެށެން އެންމެ ހަހަތަރު ވަރަކަށް ދުވަހަށް ވެފައި ވަނީކޮށް ވިކްތަރު އޯބަން ވަނީ ޓްރަމްޕަށް ވަރަށް ހާއްސަ ފޯނުކޯލެއްވެސް ކުރައްވާފަ އެވެ.
ވިކްތަރު އޯބަން ވަނީ ޓްރަމްޕަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެ އިންތިހާބުގައި ކާމިޔާބަށް އެދިވަޑައިގެންފަ އެވެ. އަދި ޓްރަމްޕްގެ ޒައާމަތުގައި ތަފާތު އަދި ކާމިޔާބު ދުނިޔެއެއް ތަޖުރިބާކުރައްވަން ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އީލޮން މަސްކް ވިދާޅުވީ ޑިމޮކްރެޓިކް ކެންޑިޑޭޓު ކަމަލާ ހެރިސް އަކީ ބޮޑު ޖޯކެއް ކަމަށެވެ. އަދި ކަމަލާ ހެރިސްގެ ޒައާމަތުގައި އެމެރިކާ މީހުން މާސްއަށް ނުދާނެ ކަމަށް ވިދާޅުވި އެވެ.
އެމެރިކާ މީހުން މާސްއަށް ދިއުމަށް ބޭނުންނަމަ އޮތް ހަމައެކަނި ގޮތަކީ ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޓްރަމްޕަށް އޮތް ތާއީދު ހާމަކުރެއްވުމަށް ޔޫރަޕްގެ ލީޑަރަކު އެމެރިކާއަށް ވަޑައިގެން ޓްރަމްޕާ ބައްދަލުކުރެއްވި ފުރަތަމަ ލީޑަރަކީވެސް ވިކްޓަރު އޯބަން އެވެ. އެއަށްފަހު އޯބަން ވަނީ ރަޝިއާއަށް ވަޑައިގެން ރައީސް ލަޑިމިއާ ޕޫޓިންއާ ވެސް ބައްދަލުކުރައްވާފަ އެވެ.