އޭނާ ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީއަށް ވުރެ ގައުމު އިސްކުރައްވާނެ ކަމަށް -- އަންނަ އަންގާރަ ދުވަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވާ ކަމަލާ ހެރިސް ވިދާޅުވެއްޖެ އެވެ.
އެމެރިކާގައި މިހާރު އޮތް ޖޯ ބައިޑަން ސަރުކާރުގެ ނައިބް ރައީސް އަކީ ވެސް ކަމަލާ ހެރިސް އެވެ.
ކަމަލާ ވިދާޅުވި ގޮތުގައި އެމެރިކާގެ ރައީސަކު ވެވަޑައިގަންނަވަން ޖެހޭނީ އެމެރިކާ ރައްޔިތުންގެ ރައީސަކަށެވެ. ވަކި ޕާޓީއަކަށް ބެލުމެއް ނެތި އާންމުން ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގައި ދެމިހުންނެވުމަކީ ރައީސަކަށް ހޮވިވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ވާޖިބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ މޫނަށް އަދި ވަކި ކުލައަކަށް ބެލުމެއް ނޯންނާނެ ކަމަށް ކަމަލާ ވިދާޅުވި އެވެ. އޭނާގެ ވެރިކަމަކީ އެންމެން އެއްވަރު ވެރިކަމަކަށް ވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ކަމަލާ ވިދާޅުވީ އެމެރިކާގެ ރައްޔިތުންނަށް މަޖުބޫރުކަމެއް ނޯންނާނެ ކަމަށާއި އާންމު ހިދުމްތަކުން އެމެރިކާގެ އެކަކުވެސް ބާކީ ނުވާނެ ކަމަށެވެ.
ސަރުކާރުން ފޯރުކޮށްދޭ ބޭސް ފަރުވާ އަދި ދިރިއުޅުމުގެ ފަސޭހައަށް ހުރި އެއްވެސް ހިދުމަތެއް ލިބިގަތުން އެއްވެސް މީހަކަށް ތަކުލީފަކަށް ވެގެން ނުވާނެ ކަމަށްވެސް ކަމަލާ ވިދާޅުވި އެވެ.
އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.