މިހާރު ސިވިލް ކޯޓުގެ ބައެއް ޑިވިޒަންތައް ހިންގަމުން އަންނަ އެސްޓީއޯ ކުރީގެ އިމާރާތަށް ކްރިމިނަލް ކޯޓު ބަދަލު ކުރަން ނިންމައިފި އެވެ.
އާ އިމާރާތަށް ކްރިމިނަލް ކޯޓު ބަދަލުކުރުމުން ޝަރީޢަތް ކުރާ 12 މާލަން ލިބި ކްރިމިނަލް ކޯޓަށް ގާތްގަނޑަކަށް 18000 އަކަފޫޓުގެ ޖާގަ ލިބިގެންދާނެއެވެ.
މީގެ އިތުރުން ކޯޓުގެ މަސައްކަތްތައް ސަލާމަތާއި ރައްކާތެރިކަމާއެކު ކުރިޔަށް ގެންދިއުމަށް އެކަށީގެންވާ ވަޞީލަތްތައް ގާއިމްކޮށް ވޯކް ތްރޫ ސެކިއުރިޓީ ގޭޓް ބަހައްޓައި، މެޓަލްޑިޓެކްޓާ ބޭނުންކޮށްގެން ސަލާމަތީ ކަންކަން ބަލަހައްޓާނެ އެވެ.
ހަވީރީ ހިނގުމުގައި ހުންނަ އެ އިމާރާތަށް ބަދަލުކުރަނީ ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށެވެ. ހަތް ފަނޑިޔާރުންނާއި 93 މުވައްޒަފުން މަސައްކަތްކުރާ އެ ކޯޓަށް މަހެއްގެ މައްޗަށް 70 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅަ އެވެ.