ޑރ. އަލީ ހައިދަރު އަހުމަދު

ހިޔާވަހި ސްކީމަކީ ގެދޮރުވެރިކަމަށް ހުޅުވޭ އާމަގެއް: ހައިދަރު

ހިޔާވެހި ފައިނޭންސް ސްކީމް" އިފްތިތާހު ކުރުމުގެ ރަސްމިއްޔަތުގައި ހައުސިން މިނިސްޓަރު ހައިދަރު ވާހަކަ ދައްކަވަނީ --ފޮޓޯ:ރައީސް އޮފީސް
0%
0%
0%

ފައިސާގެ ތަނަވަސްކަން ނެތް ފަރާތްތަކަށްވެސް "ހިޔާވަހި ފައިނޭންސް ސްކީމް"ގެ ދަށުން ގެދޮރުގެ ތަނަވަސްކަން ލިބިގެންދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ހިޔާވަހި ފައިނޭންސް ސްކީމް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައިދަރު ވިދާޅުވީ ބޯހިޔާވަހިކަމަށް ރަނގަޅު ހައްލެއް ހޯދައި ދިނުމަކީ ސަރުކާރުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށާއި ހިޔާވަހި ސްކީމަކީ މިމައްސަލައިގެ އެއް ހައްލު ކަމަށެވެ.

ހައިދަރު ވިދާޅުވީ ފައިސާގެ ތަނަވަސްކަން ނެތް މީހުންނަށް ގެއެއް އަޅަން ބޭނުންވާނަމަ ހިޔާވަހި ސްކީމަކީ އެންމެ ރަނގަޅު އެއް ސްކީމު ކަމަށެވެ. މިސްކީމުން ދޫކުރާ ލޯންތަކަށް ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ކުރިމަތިލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިއީ ރާއްޖޭގެ އެކި ރަށްރަށުގައި ގެދޮރު ނޭޅި، ގެ އަޅަން ހުރި ބިންތަކުގައި ގެދޮރު އިމާރާތް ކުރުމަށް ފަސް ޕަސެންޓް އިންޓަރެސްޓްގައި ފައިސާ ދޫކުރުމަށް އެކުލަވާލާފައިވާ ހިޔާވަހި ފައިނޭންސް ސްކީމެއް މިއީ،" ހައިދަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިސްކީމުގެ ދަށުން ތިން ކެޓަގަރީއެއްގެ ލޯނު ފަސް ޕަސަންޓަށް ވުރެ ކުޑަ އިންޓަރެސްޓެއްގައި ދޫކުރަން ނިންމާފައިވާއިރު އެ ތިން ބާވަތުގެ ލޯނުތަކުގައިވެސް ބޮޑެތި ލުއިތަކެއް ހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ މާލެ ސަރަހައްދުން ލޯނު ނަގާ ފަރާތްތަކުގެ ތެރެއިން ކުދި ގޯތިތައް އެއްކޮށްލައިގެން ގޯތި ހަދަން ބޭނުންވާ މީހުންނަށް މި ސްކީމުގައި ހާއްސަ އިސްކަމެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން 600 އަކަފޫޓަށް ވުރެ ކުދި ގޯތިތައް އެއްކޮށްލައިގެން އިމާރާތް ކުރަން ބޭނުންވާނަމަ މި ސްކީމަކީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށްވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910