ވިޔަފާރި

ފަހުގެ ސެމްސަންގް މި އޮއް ނެރެނީ: އުރީދޫން ހާއްސަ އަގެއް!

Mar 17, 2016
  • މަހަކު 789ރ. ދައްކައިގެން ވެސް ފޯނު ލިބޭ
  • ޑައުންޓް ޕޭމަންޓަށް 1،999ރ. ދައްކަން ޖެހޭ
  • ބޮޑެތި އިނާޔަތްތަކެއް ދޭ

ފަހުގެ ސެމްސަންގެ އެންމެ ފަހުގެ ފޯނުތައް ބާޒާރަށް ނެރެފި އެވެ. ސެމްސަންގް އެސް 7 އަދި ސެމްސަންގް 7 އެޖް އުރީދޫން ވިއްކަނީ ހާއްސަ އަގެއްގަ އެވެ. އެގޮތުން ސެމްސަންގް 7 ގެ ފޯނުތަކަށް ދުރާލާ އޯޑަރު ކޮށްފައިވާ ފަރާތައް މިވަނީ ފޯނު ހަވާލުކޮށްފަ އެވެ.

އުރީދޫ "އެކްސްޕީރިއަންސް ސެންޓަރު" ގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އުރީދޫގެ ސީނިއާ އެގްޒެކެޓިވް ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު (ނޫރާ) ވިދާޅުވީ އެ ކުންފުނިން ސެމްސަންގްގެ އެންމެ ފަހުގެ ފޯނުތައް ވިއްކަނީ ރާއްޖޭގެ ބާޒާރުގެ އެންމެ ހެޔޮ އަގުގައި ކަމަށެވެ. އަދި މި ފޯނު އެންމެ ފުރަތަމަ ހަވާލުކުރީ އެ ކުންފުނިން ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫން މިހާރު ސެމްސަންގް ފޯނަށް ހާއްސަ ޕްރިޕެއިޑް ޕްލޭންތަކުގެ ތެރޭގައި ފޯނާއެކު އަހަރު ދުވަހު ބޭނުންކުރެވޭނެ 12 ޖީބީގެ ހިލޭ ޑޭޓާ އާއި ހިލޭ މިނެޓު ހިމެނެ އެވެ. މިގޮތުން ކޮންމެ މަހަކު އެއްް ޖީބީގެ ހިލޭ ޓޭޑާއާއެކު 100 މިނެޓުގެ ހިލޭ ކޯލް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

އެއްކޮށް ފައިސާ ދެއްކުމުން ފޯނު ވިއްކާ އަގު

  • ސެމްސަންގް ގެލެކްސީއެސް ހަތެއް 32 ޖީބީ: 11،399ރ. އަށް
  • ސެމްސަންގް ގެލެކްސީއެސް ހަތެއް އެޖް: 13،499ރ. އަށް

އުރީދޫން ބުނީ އެ ކުންފުނިން މަހުން މަހަށް ފައިސާ ދައްކާ ގޮތަށް އިންސްޓޯލްމެންޓް އުސޫލުންވެސް ސެމްސަންގް ފަހުގެ ފޯނުތައް ދޫކުރަމުންދާ ކަމަށެވެ.

މަހުން މަހަށް ދައްކާ ގޮތަށް ފޯނު ލިބޭ އަގުތައް:

  • ސެމްސަންގް ގެލެކްސީއެސް ހަތެއް 32 ޖީބީ: 789ރ. އަށް
  • ސެމްސަންގް ގެލެކްސީއެސް ހަތެއް އެޖް: 989ރ. އަށް

މި ގޮތަށް ފޯނު ނަގާ މީހުންނަށް އެއް އަހަރު ދުވަހުން ފޯނަށް ފައިސާ ދައްކައި ހަލާސް ކުރުމުގެ ފުރުސަތު ލިބެ އެވެ. މިގޮތުން އިންސްޓޯލްމެންޓް ޕްލޭންގެ ދަށުން 1،999ރ. ގެ ޑައުންޓް ޕޭމަންޓެއް ބަހައްޓަން ޖެހޭނެ އެވެ.

އުރީދޫން ބުނީ މި ޕްލޭން މެދުވެރިކޮށް ޕޯސް ޕެއިޑްގެ ހިދުމަތް ހޯދާ މީހުންނަށް 499 ނުވަތަ ޕޯސްޓް ޕެއިޑް 999 ޕެކޭޖަކާއެކު ފޯނު ގަތުމުން އުރީދޫ ކަސްޓަމަރުންނަށް އަން-ލިމިޓެޑު ކޯލާއި އެސްއެމްއެސް އަދި މަހަކު 10 ޖީބީއާ ހަމައަށް ހިލޭ ޑޭޓާ ލިބޭނެ ކަމަށެވެ. މީގެ އިތުރުން ހިޔާރުކުރާ އެއް ގައުމަކަށް 50 ޕަސެންޓުގެ ޑިސްކައުންޓްވެސް ލިބެ އެވެ.