ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު، ނޭޕާލްގެ ރައީސްއާ ބައްދަލުކުރައްވައިފި

ރައީސް މުއިއްޒުއާއި ނޭޕާލްގެ ރައީސް ބައްދަލުކުރައްވަނީ
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނޭޕާލްގެ ރައީސް ރާމްޗަންދްރަ ޕޯޑެލްއާ ބައްދަލުކުރައްވައިފި އެވެ.

މި ދެ ބޭފުޅުން މިއަދު ބައްދަލުކުރެއްވީ އަޒަރުބައިޖާންގެ ބާކޫގައި މިހާރު ކުރިއަށްދާ ކޮޕް 29 ސަމިޓްގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ދެކުނު އޭޝިއާގެ އަވަށްޓެރި ގައުމުތަކުގެ ތެރެއިން ރާއްޖެއާއި ނޭޕާލާ ދެމެދު އޮތް ބަދަހި ގުޅުން ފާހަގަކުރައްވާފަ އެވެ. އަދި ސިއްހީ ދާއިރާގައި އިތުރަށް އެއްބާރުލުންދީ އެ ގުޅުން ހަރުދަނާކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެއްބާރުލުން ދެއްވުމާ މެދު މިބައްދަލުކުރެއްވުމުގައި ދެ ލީޑަރުން ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ކޮޕް29 ގައި މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނޭ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ކުރިއަށް ދިއުމާއެކު، ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345