ރޯދަ މަސް

ރޯދަ މަހު ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް

ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ހަރަދު މަސްދަޅު ކޭހެއް ދޭން ނިންމައިފި އެވެ.

ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބާއްވާ ޖަލްސާގައި ރައީސް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ވާންޖެހޭ ތައްޔާރީތައް އެސްޓީއޯ މެދުވެރިކޮށް ވަމުންދާ ކަމަށެވެ.

ސަރުކާރުން ވަނީ މިދިޔަ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހަނޑޫ އަދި ފުށް ބަސްތާއެއް ދީފަ އެވެ.

މީގެއިތުރުން މިދިޔަ ރޯދަ މަހު ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓް ބިލަށްވެސް ޑިސްކައުންޓް ދީފަ އެވެ.

ރައީސްގެ މިރޭގެ ވާހަކަފުޅުގައި މިދިޔަ ރޯދަ މަހު ސަރުކާރުން ދިން ކާޑުގެ ބާވަތްތަކާއި ކަރަންޓާއި ފެނުގެ ޑިސްކައުންޓް ކުރިއަށް އޮތް ރޯދަ މަހު ދޭނެ ކަމަކަށް ސާފުކޮށް ވިދާޅުވެފައެއް ނުވެ އެވެ.