ލަ ލީގާ

ރެއާލް އިން ފަރަގު ކުޑަކޮށް ބާސާ ޕްރެޝަރަށް ވައްޓާލައިފި

ލެގަނޭސްއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ރިއާލްގެ ތަރި އެމްބާޕޭ ގޯލު ޖެހުމަށްފަހު ވިނީޝިއުސް އާއެކު އުފާފާޅު ކުރަނީ
0%
0%
0%

ސްޕެނިޝް ލީގުގައި ރޭ 3-0 އިން ލެގަނޭސް ބަލިކޮށް ރެއާލް މެޑްރިޑުން އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދުގައިވާ ޕޮއިންޓުގެ ފަރަގު ކުޑަކޮށްފި އެވެ.

މި މެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު 43 ވަނަ މިނެޓުގައި ޖެހީ ކީލިއަން އެމްބާޕޭ އެވެ.

މިއީ މި ސީޒަންގައި އެމްބާޕޭ ލީގުގައި ޖެހި ހަތްވަނަ ލަނޑެވެ. ދެވަނަ ހާފުގައި ވަލްވޭޑޭ އަދި ބެލިންހަމް ޖެހި ލަނޑުތަކާއެކު ރެއާލްގެ ނަތީޖާ 3-0 އަށް ފުޅާކުރި އެވެ.

ބާސެލޯނާ މިހާރު އެއްވަނައިގައި އޮތީ 14 މެޗުން 34 ޕޮއިންޓާ އެކުގައެވެ. ރެއާލް މެޑްރިޑު 13 މެޗުން ވަނީ 30 ޕޮއިންޓް ހޯދާފަ އެވެ. މި މެޗާއެކު ރެއާލްއަށް މެޗު އަދަދު ހަމަކުރުމުން ބާސެލޯނާއާ ދެމެދު އޮންނާނީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ.

ފާހަގަކޮށްލެވޭ ކަމަކީ ފާއިތުވި ފަސް މެޗުގެ ތެރެއިން ރެއާލް މެޑްރިޑު ވަނީ 4 މެޗެއްގައި މޮޅުވެފަ އެވެ. މި މެޗުތަކުގައި ރެއާލްގެ ކުޅުންތެރިން ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345