ދުނިޔެ

ލުބްނާންގެ 60 އަވަށެއްގެ މީހުން ގެއަށް ދިއުން އިޒުރޭލުން މަނާކޮށްފި

އިޒުރޭލުގެ ފައިޓަރު ޖެޓުތަކުން ލުބްނާނަށް ދިން ހަމަލާތަކެއްގައި، އިމާރާތްތަކެއް ސުންނާފަތިވެ ބިމާހަމަވެފައި
0%
0%
0%

ހިޒްބުﷲ ހަނގުރާމަވެރިންނަށް އަމާޒުކޮށް ލުބްނާންގެ އަވަށްތަކަށް އިޒުރޭލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން، ގެދޮރު ދޫކޮށް ދިޔަ ދެކުނު އަވަށްތަކުގެ ވަޒަންވެރިން އެނބުރި އެ މީހުންގެ އަމިއްލަ ގެއަށް ދިއުން އިޒުރޭލުން މަނާކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލުބްނާންގެ 60 އަވަށެއްގެ މީހުން އެ މީހުންގެ ގެދޮރަށް ވަނުން ޔަހޫދީން އޮތީ މަނާކޮށްފަ އެވެ.

އިޒުރޭލުގެ އަމުރަށް ތަބާނުވެ ދެކުނު އަވަށްތަކަށް ވަންނަ މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށް ނުދެވޭނެ ކަމަށްވެސް އިޒުރޭލުން އޮތީ ބުނެފަ އެވެ. ހަބަރުތައް ބުނާ ގޮތުން ލުބްނާންގެ އެ ސަރަހައްދު އަދިވެސް އޮތީ ޔަހޫދީންގެ އަތްދަށުގަ އެވެ.

އިޒުރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާން އަވިޗޭ އަދުރާއީ ވިދާޅުވި ގޮތުން އިޒުރޭލާ އިންވެގެން ހުރި އަވަށްތަކަށް އާންމު ރައްޔިތުންނަށް އަދި ނުވަދެވޭނެ އެވެ.

އޭނާ ވިދާޅުވީ އިޒުރޭލުގެ އަސްކަރީ ބާރުތައް އެ ސަރަހައްދުތަކުގައި ގާއިމުވެ އެބަތިބި ކަމަށެވެ.

ލުބްނާންގެ އާންމު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ނެރެން ޖެހުނު އަމުރެއް ކަމަށް ވިދާޅުވެ ތަރުޖަމާން ވިދާޅުވީ އެ ސަރަހައްދުން ސިފައިން ފޭބުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

އިޒުރޭލުން ލުބްނާނަށް ދޭން ފެށި ހަމަލާތައް ހުއްޓާލުމަށް އެމެރިކާ އާއި ފަރަންސޭސިވިލާތް މެދުވެރިވެ ހިޒްބުﷲ ހަނގުރާމަވެރިންނާ އެކު ވަނީ އެއްބަސްވުމެއް އެކުލަވާލާފަ އެވެ. މި އެއްބަސްވުމުގެ ދަށުން 27 ނޮމެވްބަރަށް ފަހު ހަމަލާތައް ހުއްޓާލަން ޖެހޭނެ އެވެ.

ނަމަވެސް މި ތާރީހަށްފަހު އިޒުރޭލުން ވަނީ ލުބްނާނަށް ހަމަލާ ދީފަ އެވެ. އަނެއްކޮޅުން އާންމު ރައްޔިތުންނަށް އެ މީހުންގެ ހަރާކާތްތއް ހުއްޓާލަފައި ތިބެން އަމުރުކުރާހާ ހިނދަކު، ހަނގުރާމަ ނިމުނީ ކަމަށް ބެލެވޭނެ ގޮތެއް ނެތެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345