ރައްޔިތުންގެ މަޖިލިސް

ބަންޑާރަ ނައިބުގެ އޮފީސް ސިވިލް ސާވިސް އިން ވަކިކުރަނީ

ބަންޑާރަނައިބު އަހުމަދު އުޝާމް -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ބަންޑާރަނައިބުގެ އޮފީހަކީ ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއްގެ ގޮތުގައި ހިންގަން ގާނޫނެއް ހަދަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ.

ބިލް ހުށަހެޅި ބޭނުމުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ގާނޫނުއަސާސީގެ ދަށުން ބަންޑާރަނައިބުގެ މަގާމަށް އައްޔަންކުރެވޭ މީހެއްގައި ހުންނަންޖެހޭ ޝަރުތުތަކާއި ބަންޑާރަނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބަންޑާރަނައިބު ތަބާވާންޖެހޭ ހަމަތައް ކަނޑައެޅުމެވެ.

ބަންޑާރަނައިބާ މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުގެ ނަމުގައި ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ގާއިމުކޮށް އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި އެ އޮފީސް ހިންގުމާގުޅޭ އުސޫލުތަކާއި އެ އޮފީހުގެ މުވައްޒަފުންނާގުޅޭ އެންމެހައި އުސޫލުތައް ކަނޑައެޅުމަކީވެސް ބިލް ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

ބަންޑާރަނައިބުގެ އޮފީސް މިހާރު ހިންގަނީ ސިވިލް ސާވިސްގެ ދަށުންނެވެ.

މި ބިލް މަޖިލީހަށް ހުށަހަޅާފައިވާއިރު ފޮރިން މިނިސްޓްރީވެސް ސިވިލް ސާވިސް އިން ވަކިކޮށް ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއްގެ ގޮތުގައި ގާނޫނަކުން ވަނީ ކަނޑައަޅާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910