ވަޒީފާގެ ހައިސިއްޔަތުން ނިންމި އެއްވެސް ނިންމުމަކާ ގުޅިގެން ރުހުން ނުދޭންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ބަންޑާރަނައިބް އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އުޝާމް މިހެން ވިދާޅުވެފައި މިވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް އިން ރުހުން ނުދޭން ނިންމި ވަޒީރުންގެ ތެރޭގައި އޭނާގެ ނަން ހިމަނާފައި ވަނިކޮށެވެ.
އުޝާމް ވިދާޅުވީ ވަޒީފާގެ ހައިސިއްޔަތުން ޕްރޮފެޝަނަލްކޮށް ނިންމާފައި އޮތް އެއްވެސް ނިންމުމަކާ ގުޅިގެން ރުހުން ނުދޭން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.
"މިއީ ޒާތީ ކަމެއް،" އުޝާމް ވިދާޅުވި އެެވެ.
ބަންޑާރަނައިބް އިތުރަށް ވިދާޅުވީ ޒާތީގޮތުން ޖައްސާލައި، ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގަ ކުރާ މިކަހަލަ ކަންކަމުން ސަރުކާރު ބަލިކަށި ނުކުރެވޭނެ ކަމަށެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ގަދަކޮށް،" އުޝާމް ވިދާޅުވި އެވެ.
އުޝާމް ބަންޑާރަނައިބް ކަމާ ހަވާލުވެވަޑައިގަތީ ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައި ހުންނަވައި މެންބަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު އެވެ.