ފީފާ

ސައުދީގެ ވޯލްޑް ކަޕް ބިޑަށް ތާއީދުކުރަން އިނގިރޭސިން ގޮތެއް ނުނިންމާ

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ފީފާގެ ރައީސް އާ ބައްދަލުކުރަނީ
0%
0%
0%

ސައުދީ އަރަބިއްޔާ އިން 2034 ވަަނަ އަހަރު ފީފާ ވޯލްޑް ކަޕް ހޯސްޓްކުރަން ބިޑްކޮށްފައިވާއިރު، އެ އަށް ތާއީދުކުރުމާ މެދު އިނގިރޭސި އެފްއޭ އިން އަދިވެސް ގޮތެއް ނުނިންމާ ކަމަށް ބުނެފި އެވެ.

ފީފާ ވޯލްޑް ކަޕް 2034 ވަނަ އަހަރުގެ ބިޑު ސައުދީ އަރަބިއްޔާއިން ކާމިޔާބު ކުރާނެކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ސަބަބަކީ ސައުދީއަކީ މި މުއްދަތަށް ބިޑްކުރި ހަމައެކަނި ގައުމަށްވުމެވެ.

ޖަރުމަނުވިލާތުން މި ބިޑަށް ތާއީދު ކޮށްފައިވާއިރު، އިނގިރޭސި އެފްއޭ އިން އަދިވެސް ގޮތެއް ނިންމާފައެއް ނުވެއެވެ.

ފީފާގެ ރައީސް ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއެކުގައި

ފީފާގެ އިވެލުއޭޝަން ރިޕޯޓުގައި ސައުދީ އަރަބިއްޔާއަށް ފަސް ގައުމަކުން ލިބުނީ 4.2 މާކުހެވެ.

މިއީ މިހާތަނަށް ވޯލްޑް ކަޕް ބިޑަކަށް ލިބުނު އެންމެ ބޮޑު ސްކޯ އެވެ.

ސައޫދީން ހުށަހަޅާފައިވާ ފީފާ ވޯލްޑް ކަޕް 2034 ވަނަ އަހަރުގެ ބިޑުގައި ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ސްޓޭޑިއަމްގެ ކުރެހުމެއް

ސައުދީގެ ހިއުމަން ރައިޓްސް ކަންކަމާ ގުޅޭގޮތުން އިނގިރޭސީންގެ މަޝްވަރާތައް އަދި ކަންބޮޑުވުންތައް އެބަހުއްޓެވެ. އެހެން ނަމަވެސް، ފީފާގެ ރިޕޯޓުގައި އެ ކަންކަމަށް އެކަށީގެންވާ މާކުހެއް ލިބިފައިވެ އެވެ.

ވޯލްޑްކަޕް 2030 ގެ ބޮޑުބައި އޮންނާނީ ސްޕޭން، މޮރޮކޯ އަދި ޕޯޗުގަލްގައެވެ. 2034 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފީފާއިން ވޯޓަށް އަހާނީ 2030 ގެ ވޯލްޑް ކަޕާ އެކުގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910