ފީފާ

ވޯލްޑް ކަޕްގެ ޓާސްކްފޯސްގެ ޗެއާއަކަށް ޓްރަމްޕް

ފީފާގެ ރައީސް އާއި އެމެރިކާގެ ރައީސް
0%
0%
0%

އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ޓާސްކްފޯސްގެ ޗެއާމަނަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަމަޖައްސައިފި އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަގުބޫލު މުބާރާތުގެ އިންތިޒާމު ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމަށް ސުޕަ ޕަވަރެއްގެ ދައުލަތުގެ އިސްވެރިޔެއް ޢައްޔަންކުރެވޭ ފުރަތަމަ ފަހަރު ކަމުގައި މި ފުރުސަތު ވަނީ ވެފަ އެވެ.

ޓްރަމްޕްގެ ލީޑަޝިޕްގެ ދަށުން ޓާސްކްފޯސްއިން ކުރިއަށް އޮތް ވޯލްޑްކަޕްގެ ސަލާމަތީ ކަންކަމާއި، އިންތިޒާމުތައް އަދި ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ މިލިއަނުން ގުނާ މީހުންގެ ކަންކަން ވިލަރެސްކުރާނެ އެވެ.

ރައީސް ޓްރަމްޕް މިދިޔަ ޖެނުއަރީ މަހު ވެރިކަމަށް ވަޑައިގަތުމާ އެކު އެމެރިކާއާއި މެކްސިކޯ އަދި ކެނެޑާއާ ދެމެދު ވަނީ އިގްތިސާދީ ހަނގުރާމަ އެއްވެސް ފެށިފަ އެވެ. މިކަމުގެ ސަބަބުން ތިން ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ނަމަވެސް ވޯލްޑް ކަޕްގެ ކަންކަމުގައި ޓްރަމްޕް ވަނީ ކެނެޑާ އަދި މެކްސިކޯގެ ފެޑެރަލް ސަރުކާރުތަކާއެކު މަސައްކަތްކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

"އަހަރެމެން ދެބަސްވުންތައް ހުރި ކަމުގައިވިޔަސް މީ ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތެއް. ބައެއްފަހަރު ހިޔާލުތަފާތުވުން ފައިދާހުރި ނަތީޖާއެއް ގެނެސްދޭ،" ޓްރަމްޕް ވިދާޅުވި އެވެ.

"އަހަރެމެންގެ ގައުމުގައި ވޯލްޑް ކަޕް ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް،" ޓްރަމްޕް އިތުރަށް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ވޯލްޑްކަޕަކީ ތިން ގައުމެއްގައި އެއްފަހަރާ ބޭއްވޭ ފުރަތަމަ ވޯލްޑްކަޕެވެ. އަދި ފީފާއިން ވަނީ އަންނަ އަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 48 އަށް އިތުރުކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345