ހުޅުމާލެ ކައިރީގައި ޑައިވިން ދޯންޏަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.
މި އެކްސިޑެންޓް ހިނގައިފަ ވަނީ މިއަދު ހެނދުނު 8:15 ކަންހާއިރު އެވެ. ފުލުހުން ބުނީ އެ ހާދިސާގައި ޑައިވިން ދޯނީގައި ހުރި ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އަނިޔާވި އެ މީހާއަށް އައިޖީއެމްއެޗްގައި މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ.
މި އެކްސިޑެންޓްގައި ޑައިވިން ދޯންޏަށާއި ލޯންޗަށް ވެސް އެކިވަރުގެ ގެއްލުންތައްވި އެވެ. ފުލުހުން ގެންދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.