ދުނިޔެ

ތުރުކީގައި ޖާނުން ފިދާވުމުގެ ހަމަލާއެއްދީ ފަސް މީހުން މަރާލައިފި

ތުރުކީގެ ވެރިރަށުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 5 މީހުން މަރުވެ، 36 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

ތުރުކީގެ ފުލުހުން ބުނީ އިއްޔެ ހެނދުނު ދީފައި ވަނީ ޖާނުން ފިދާވުމުގެ ހަމަލާއެއް ކަމަށާއި އެ ހަމަލާގައި ފަސް މީހުން މަރުވި އިރު ޒަހަމްވި 36 މީހުންގެ ތެރެއިން ހަތް މީހުންގެ ހާލު ސީރިއަސް ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން އިޒްރޭލްގެ ބޮޑު ވަޒީރު ނެތަންޔަހޫ ވިދާޅުވެފައިވަނީ އެ ހަމަލާގައި އިޒްރައިލުގެ ދެ މީހަކު މަރުވި ކަމަށެވެ. މީގެ އިތުރުން އެމެރިކާ ދެ ފަތުރުވެރިއަކާއި އިރާނުގެ މީހަކު މަރުވި ކަމަށް ވެސް ރިޕޯޓްކޮށްފައި ވެއެވެ.

ޒަހަމްވި މީހުންގެ ތެރެއިން 24 މީހުންނަކީ ފަތުރުވެރިންނެވެ. އަނިޔާ ވި މީހުންގެ ތެރޭގައި 11 އިޒްރައިލުގެ މީހުން ހިމެނެ އެވެ.

އެމެރިކާއިން ވަނީ މި ހަމަލާ، ކުށްވެރި ކޮށްފައެވެ.