ރެފިއުޖީން

އީޔޫ އާއި ތުރުކީގެ އެއްބަސްވުމަށްފަހު ވެސް ރެފިއުޖީއިން ޔޫރަޕަށް

އީޔޫ އާއި ތުރުކީއިން އެއްބަސްވުމަކަށް ގޮސް ސީރިޔާގެ ރެފިއުޖީންނާއެކު ފަސް ބޯޓެއް ޔޫރަޕަށް ގޮސްފި އެވެ. އެ މަތިންދާ ބޯޓުގައި 150 އަށް ވުރެ ގިނަ ރެފިއުޖީއިން ގްރީސްއަށް ދިޔައެވެ.

އީޔޫއާއި ތުރުކީއިން އެއްބަސްވުމަކަށްދިޔައިރު ރެފިއުޖީއިން ފުރި ބަންޑުންވާ ބޯޓުތައް މިސްރާބު ޖަހާފައިވަނީ ޔޫރޮޕުގެ ގްރީސްއަށެވެ. ތުރުކީއިން ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، ޔޫރޮޕަށްދާ ރެފިއުޖީއިން ތުރުކީއަށް ޑީޕޯޓް ކުރާ ގޮތަށް ވަނީ އެއްބަސްވެފައެވެ.

ނޫސްވެރިންނާއި ވާހަކަ ދެއްކި އެއްބައި ރެފިއުޖީއިން ބުނީ ޔޫރަޕަށް ދަނީ އިތުރު ތަނެއް ނެތުމުންނާއި ސީރިޔާގެ ދާހިލީ ހަނގުރާމައިގާ ގެދޮރާއި އާއިލާ ގެއްލިފަވާތީ ކަމަށެވެ. މީގެ އިތުރުން ތުރުކީން އެއްވެސް ކަހަލަ ރައްކާތެރިކަމެއް ކަށަވަރު ނުވާތީ ކަމަށް ބައެއް ރެފިއުޖީއިން ވަނީ ބުނެފައެވެ.