އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ބައެއް ހިދުމަތްތައް އެހެން ސަރަހައްދަކަށް ބަދަލު ކުރަން އަޅަމުންދާ އިމާރާތްތަކުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފި އެވެ.
މި އިމާރާތްތައް އަޅަނީ ރަންވޭގެ އިރުމަތީ ފަރާތުގަ އެވެ. އެއީ އާ ޓާރމިނަލް އަޅަން ބޭނުންވާ ބިން ހުސް ކުރުމަށެވެ.
އެމްޓީސީސީން ބުނީ ރަންވޭގެ އިރުމަތީ ފަރާތުން ތަރައްގީކުރާ އިމާރާތްތަކުގެ މަސައްކަތުގެ ބޮޑު ބައި މިހާރު ވެސް ނިމިފައިވާ ކަމަށާއި މިހާރު ކުރިޔަށްދަނީ އެ ސަރަހައްދުގައި ހަދާ 2.8 ކިލޯ މީޓަރުގެ މަގުތަކުގެ މަސައްކަތް ކަމަށެވެ.
އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއަށް 800. މިލިޔަން ޑޮލަރު ހޭދަ ކުރެ އެވެ.