ދުނިޔެ

ހަމަލާގެ ޒިންމާ އައިއެސް ނަގަން ޖެހޭނެ: ތުރުކީ

މިދިޔަ ހޮނިހިރު ދުވަހު ތުރުކީގެ އިސްތަންބޫލްގައި ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާގެ ޒިންމާ ހައްދުފަހަނަ އަޅާފައިވާ އައިއެސް ޖަމާއަތުން ނަގަންޖެހޭނެ ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު އިފްކާން އަލާ ވިދާޅުވެއްޖެ އެވެ.

އެ ހަމަލާގައި ފަސް މީހުން މަރުވެ، 36 މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

އިފްކާން ވިދާޅުވީ މި ހަމަލާގެ ދީފައިވަނީ އައިއެސް ޖަމާއަތާއި ގުޅުން އޮންނަ ދަ އޭޝް ޖަމާއަތުގެ މެމްބަރެއް ކަމަށްވާ މެހްމެޓް އޮޒްތާކް ކަމަށާއި އެހެންވުމުގެ ސަބަބުން ހަމަލާގެ ޒިންމާ އައިއެސް އިން ނަގަންޖެހޭނެ ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން މިހާރު ފަސް މީހުން ހައްޔަރުކޮށްފައިވާއިރު ހަމަލާދިން ފަރާތް ހޯދަންވަނީ ޑީއެންއޭ ޓެސްޓެއް ވެސް ހަދާފަ އެވެ. ނަމަވެސް މިހާތަނަށް އަދި މިހަމަލާގެ ޒިންމާ އައިއެސް އިން ނަގާފައެއް ނުވެ އެވެ. އަދި ހަމަލާއާއި ގުޅިގެން ވަކި އެއްޗެއްވެސް ނުބުނެ އެވެ.

މި ހަމަލާއާއި ގުޅިގެން އިޒްރޭލްގެ ބޮޑު ވަޒީރު ނެތަންޔަހޫ ވިދާޅުވެފައިވަނީ އެ ހަމަލާގައި އިޒްރައިލުގެ ދެ މީހަކު މަރުވި ކަމަށެވެ. މީގެ އިތުރުން އެމެރިކާ ދެ ފަތުރުވެރިއަކާއި އިރާނުގެ މީހަކު މަރުވި ކަމަށް ވެސް ރިޕޯޓްކޮށްފައި ވެއެވެ.