ވެމްކޯ

ކުނީގެ ފީ ކަރަންޓް ބިލްގައި ނުހިމަނާނެ: ވެމްކޯ

ވެމްކޯގެ ސައިޓެއްގައި އެ ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރަނީ -- ފޮޓޯ: އަވަސް
0%
0%
0%

ރަށްރަށުގެ ގޭބިސީތަކުގެ ކަރަންޓް ބިލްގައި، ކުނި ނެގުމުގެ ބިލުގެ ފީ ހިމަނަން ވެމްކޯ އިން ކުރިން ނިންމި ނިންމުން އަނބުރާ ގެންގޮސްފި އެވެ.

ވެމްކޯ އިން މިރޭ ބުނީ އެ ނިންމުން އަނބުރާ ގެންދަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާވެސް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ވެމްކޯ އިން ކުރިން ނިންމާފައި އޮތީ މި އަހަރުން ފެށިގެން ރަށްރަށުގެ ގޭބިސީތަކުން ކުނި ނެގުމުގެ ބިލްގެ ފީ، ޔުޓިލިޓީ ބިލްތަކުގައި ހިމެނުމަށެވެ.

މިގެނެވުނު ބަދަލާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި ހިދުމަތް ދޭނީ އެ ކުންފުނީގައި ހަމައެކަނި ރަޖިސްޓާ ކޮށްފައިވާ ފަރާތްތަކަށް ކަމަށްވެސް ވެމްކޯ އިން ބުންޏެވެ.

ވެމްކޯ އިން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ ކުނި ނެގުމުގެ ހިދުމަތަށް ފައިސާ ދެއްކޭނީ ރަށްރަށުގައި ގާއިމުކޮށްފައިވާ ވެމްކޯގެ އޮފީސްތަކާއި، ވެމްކޯގެ "އަވަސް ޕޭ" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910