ޕީސީބީ

ވެމްކޯގެ ޗެއާމަން ކަމަށް ނާސިފް

އަހުމަދު ނާސިފް
0%
0%
0%

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި ސ. ހުޅުދޫ، ރިވަސައިޑް އަހުމަދު ނާސިފް އެ މަގާމުން ވަކިކޮށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ޗެއާމަން ކަމުގެ މަގާމަށް އައްޔަނުކޮށްފި އެވެ.

ޕްރިވެޓައިޒާޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ ނާސިފް، އެޗްޑީސީގެ ޗެއާމަނުކަމުން ވަކިކޮށް ވެމްކޯގެ ޗެއާމަންކަމުގެ މަގާމަށް މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ.

އެޗްޑީސީގެ ޗެއާމަން ކަމަށް ނާސިފް އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު ހަ ވަނަ ދުވަހު އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ނާސިފް އެންމެ ފުރަތަމަ ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއާމަންގެ ގޮތުގައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނާސިފް ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.

މީގެއިތުރުން ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ނާސިފް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345