ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ސިޒޭރިއަން ހަދައި ހާލު ބޮޑުވި މީހާ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ އެމީހާއަށް އެހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
އެ މީހާ މާލެ ގެނެސްފައިވަނީ ގދ. ތިނަދޫ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އެވެ. އެމީހާ ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ވިލިނގިލީ ހޮސްޕިޓަލުގެ އައިސީޔޫގެ ހިދުމަތް ރަނގަޅު ނުވެފައި ވެންޓިލޭޓަރުގެ ހިދުމަތް ވެސް ދެވެން ނެތިގެންނެވެ.
އެމީހާ މާލެ ގެނެސްފައިވަނީ ރޭ ގަތިހުގެ ވަގުތެއްގަ އެވެ.