ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ކައިރި މުސްތަގުބަލެއްގައި އިސްތިއުފާ ދެއްވާނެ ކަމަށް ބުނެވެން ފަށައިފި އެވެ. ނަމަވެސް ވަކި ތާރީހެއް އަދި ނެތް ކަމަށް ގްލޯބް އެންޑް މެއިލް އިން ބުނެ އެވެ.
ޓްރޫޑޯ ނިސްބަަތްވެވަޑައިގަންނަވާ ލިބަރަލް ޕާޓީގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވުމާ މެދު ޕާޓީ ތެރޭގައި މަޝްވަރާކުރަމުން އަންނަ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
ޕާޓީގެ ލީޑަރުކަން ދޫކޮށްލެއްވުމަށްފަހު -- އާ ލީޑަރަކު އައްޔަންކުރެވެންދެން ބޮޑުވަޒީރުގެ ޒިންމާތައް އުފުއްލެއްވުމުގައިވެސް ޓްރޫޑޯ ނުހުންނަވާނެ ކަމަށް ބުނެވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޓްރޫޑޯ ވަނީ އިސްތިއުފާ ދެއްވުމާ ބެހޭ ގޮތުން ކެބިނެޓް ވަޒީރުންނާ މަޝްވަރާ ކުރައްވާފަ އެވެ. އަދި ބޮޑުވަޒީރުކަން ވަގުތީ ގޮތުން ހަވާލުކުރާނެ ވަޒީރަކާ މެދުވެސް މަޝްވަރާކުރެވުނެވެ.
ކެނެޑާގެ ސިޔާސީ މަޝްރަހުގައި ކުނިޖެހިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ. ޓްރޫޑޯގެ އަމިއްލަ ޒާތީ މަސްލަހަތާ ހެެދި ސަރުކާރު ހިންގުމުގައި ދަތިތަކެއް ހުރި ކަމަށް ހަބަރުތައް ބުނެ އެވެ.