މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ

ފެން ހިންދާ ޕަމްޕަށް ދިމާވި މައްސަލަ ހައްލުކޮށްފި

ފެން ހިންދާ ޕަމްޕަށް ދިމާވި މައްސަލަ ހައްލުކުރަނީ
0%
0%
0%

މާލޭގެ މާފަންނު ސަހަރާގައި ހަދާފައިވާ ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަން ނުވަތަ ފެން ހިންދާ ނިޒާމަށް ލިބުނު ގެއްލުން ހައްލުކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ޕަމްޕް ސްޓޭޝަން ލިބުނު ގެއްލުން މިއަދު ވަގުތީ ގޮތުން ހައްލުކުރީ އާރްޑީސީ އާއި ސްޓެލްކޯގެ އެހީތެރިކަމާއެކު ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާފަންނު ސަހަރާގައި ހުރި ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަނަށް ގެއްލުންތަކެއް ލިބުނީ ސަހަރާގެ ބައެއް ހުސްކުރުމަށް މާލެ ސިޓީ ކައުންސިލުން މިހާރު އެ ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން އެ މަސައްކަތް ކުރަނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހުއްދައެއް ނެތި ކަމަށްވެސް މުއްތަލިބް ތުހުމަތު ކުރެއްވި އެވެ. އަދި ސިޓީ ކައުންސިލުން މާފަންނު ސަހަރާގެ ކައިރީގައި މަސައްކަތް ކުރަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށްވެސް ވިދާޅުވި އެވެ.

"އެ މަސައްކަތުން ލިބުނު ގެއްލުމާ ގުޅިގެން މާފަންނު ސަރަހައްދުގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވަމުންދާކަން ފާހަގަވޭ،" މުއްތަލިބް ވިދާޅުވި އެވެ.

މާލެއަށް ރޭ ދަންވަރު ބޯކޮށް ވާރޭ ވެހުމާ ގުޅިގެން މަގުތަކުން މިއަދު މެންދުރުކުރީގެ ވަގުތެއްގައި 13،882 ޓަނުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345