ނ. ފޮއްދޫގެ ތިން ގެއެއް ބަލައިފާސްކޮށް ސިހުރު ހަދަން ބޭނުން ކުރާ ބައެއް ތަކެތި ހޯދައިިފި އެވެ. ނަމަވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނެގައި ފޮއްދޫގެ ތިން ގެއަށް ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ. ފަހަކަށް އައިސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ގޭގެއިން އެފަދަ ތަކެތި ހޯދާފައިވާއިރު ބައެއް މީހުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.